logo
Bank of Maldives

Bank of Maldives

ޚަބަރު

ފާއިތުވި އަހަރު 7،606 އުޅަނދަކަށް ފިޔަވަޅު އަޅައިފި

ރަނާ އަޙްމަދު ފަޔާޒް
13 ޖެނުއަރީ 2025 - 08:30
މާލެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ -- ފޮޓޯ: މޯލްޑިވްސް  ޕޮލިސް ސަރވިސް
މާލެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ -- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް މަގުމައްޗަކީ އެންމެނަށް އަމާން ، ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި އަހަރު ޖުމްލަ 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިގޮތުން 66،347 މީހަކަށް ނަސޭހަތް ދީފައިވާއިވާނެ ކަމަށާއި، 7،606 މީހަކަށް ވަޔަލޭޝަން ސްލިޕް ދޫކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ހަމަމިއާއެކު ލައިސަންސް ނެތި ދުއްވި 2،138 މީހަކު ހިފައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މީގެތެރޭގައި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނޭއިރު  ދެފުރޮޅުލީ 2،005 އުޅަނދުވެސް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވި އަހަރު ޓޯވކޮށްފައިވާ އުޅަނދުތަކުގެ ތަފާސްހިސާބަށް ބަލާއިރު، ޓޯވ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯވ ކޮށްފައިވެއެވެ. މީގެ ތެރޭގައި 11،645 މޮޓޯސައިކަލް، 2،567 ކާރު، 478 ޕިކަޕް، 369 ވޭން އަދި 87 ޓްރަކް ހިމެނެއެވެ. ޓޯވ ކުރެވުނު އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ނައްތާލެވުނު އިރު، 13،562 އުޅަނދު ވެރިފަރާތާ ހަވާލުކުރެވިފައިވާ ކަމަށް ފުުލުހުންގެ ތަފާސް ހިސާބުތައް ހާމަކުރެއެވެ.

މީގެއިތުރުން ވެސް ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލަ ފާހަގަކުރެވިފައިވާކަމަށާއި، އޭގެތެރޭގައި ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުލީ 22 އުޅަނދު ދުއްވުމުގެ މައްސަލަތައް ހިމެނޭކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ވޭތުވެ ދިޔަ އަހަރަކީ އެކްސިޑެންޓްތައް ގިނަ އަހަރަކަށްވީ ނަމަވެސް، އެކްސިޑެންޓުތައް މަދުކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހަދަނީޚަބަރު | 9 ގަޑިއިރު ކުރިންމަގުމަތީގެ ރައްކާތެރިކަން ހަނދާންކޮށް ދިނުމަށް ހަރަކާތެއް ފަށައިފިޚަބަރު | 13 ގަޑިއިރު ކުރިންފޭސްބުކް މާކެޓް ޕްލޭސްއިން އެއްޗެހި ގަތުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިޚަބަރު | ދުވަހެއް ކުރިންއެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް ދެމިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފިޚަބަރު | ދުވަހެއް ކުރިން