logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީއަކީ ދަރިއެއް ފަދަ ޕާޓީއެއް، ނަމަވެސް އަމަލީ މަސައްކަތްކުރާކަށް މިވަގުތު ނެތިން: ނަޝީދު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 ޖެނުއަރީ 2025 - 13:16
ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދަރިއެއް ފަދަ ޕާޓީއެއް ކަމަށާއި، އެހެން ނަމަވެސް އެއްވެސް ޕާޓީއެއްގައި ޢަމަލީ މަސައްކަތް މިވަގުތު ކުރަން ގަސްދުނުކުރައްވާ ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، މިއަދު "އެކްސް"ގައި ކުރެއްވި ދިގު ޕޯސްޓެއްގައެވެ. އެގޮތުން ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ، ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ އަލުން އެމަނިކުފާނު ގުޅިވަޑައިގަންނަވާނެ ފަދަ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ގައުމެއްގެ ތަރައްގީއަށާއި ރައްޔިތުންގެ ތަރައްގީއަށް އެންމެ ބޭނުންވާ ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތްކަމުން، އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބަޔެއް ހޭދަކުރީ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖޭގައި ގާއިމްކުރުމަށް ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފަހަރަށް ގިނަ ޕާޓީން ވާދަކޮށް 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ފަހުގައި، ސަރުކާރުގެ އާމްދަނީ އިތުރުވި މިންވަރުންނާއި އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތްތަކާއި ރައްޔިތުންނަށް ހޯދައި ދެވުނު އިޖްތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ސަބަބުން ރާއްޖެއަށް ކުރި ފައިދާ ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު ވާނެ މީހެއް ނޫން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސްކަން ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީ އަކީ ދަރިއްެއް ފަދަ ޕާޓީއެއް ކަމަށާއި، އެ ޕާޓީ ވަރިގަދަވެ އޮތުމަކީ އަބަދު ވެސް އެދޭނެ ގޮތް ކަމަށެވެ.

އަދި އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އަކީ ޚާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމުގައި ނަޝީދު ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް އެއިން އެއްވެސް ޕާޓީއެއްގައި މިވަގުތު، ޢަމަލީ ގޮތުން މަސައްކަތް ކުރައްވަން ގަސްދު ނުކުރައްވާކަމުގައި ވިދާޅުވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީތަކުގައި އަމަލީ ގޮތުން ބައިވެރިނުވި ނަމަވެސް، ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުން މުޅިން ދުރުވާކަށް ވެސް ގަސްދު ނުކުރައްވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރުގެ މައްސަލަ އަށް ހައްލެއް ނާންނަނީ އެމްޑީޕީން ރާއްޖޭގެ އިގްތިސޯދު ހަލާކޮށްލުމުން: ސައީދުޚަބަރު | 11 ދުވަސް ކުރިންއެމްޑީޕީ އަށް ރަގަޅުވާނީ ''މިނިކާ ރާއްޖެ'' ހަވާލު ކުރިއްޔާ: ޝުޖާޢުޚަބަރު | 18 ދުވަސް ކުރިންމި ފޮޓޯ ފްރޭމުން ކިޔައިދޭ އަނިޔާވެރިކަމުގެ ވާހަކަރިޕޯޓް | މަހެއް ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | މަހެއް ކުރިން