logo
MPL

MPL

ކުޅިވަރު

ނަޕޮލީއިން ގަރްނާޗޯގެ ސޮއި ހޯދުމަށް 45 މިލިއަން ޔޫރޯ ހުށަހަޅައިފި

އަބްދުﷲ ޣާނިމް
14 ޖެނުއަރީ 2025 - 10:29
ގަރްނާޗޫގެ ސޮއި ހޯދުމަށް ނަޕޮލީއިން ވަނީ ހުށަހަޅާފައި. ފޮޓޯ: ގެޓީ އިމޭޖެސް
ގަރްނާޗޫގެ ސޮއި ހޯދުމަށް ނަޕޮލީއިން ވަނީ ހުށަހަޅާފައި. ފޮޓޯ: ގެޓީ އިމޭޖެސް

މެންޗެސްޓަރ ޔުނައިޓެޑްގެ އާޖެންޓީނާ ވިންގަރ އަލެހަންޑްރޯ ގަރްނާޗޯ ސޮއިކުރުމަށް އިޓަލީގެ ސެރީއާ ކްލަބް ނަޕޮލީން 45 މިލިއަން ޔޫރޯގެ އޮފަރެއް ހުށަހަޅައިފިއެވެ. ނަމަވެސް މި އަދަދަކީ ޔުނައިޓެޑް އިން ޑިމާންޑުކުރާ އަގަށްވުރެ މާ ދަށް އަދަދެއްކަން ސްޕޯޓް އިޓާލިއާއިން ރިޕޯޓުކޮށްފައިވެއެވެ.



ނާޕޮލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބޭނުންވަނީ ގަރްނާޗޯ ގެނެސް ޕެރިސް ސެއިންޓް-ޖަރމޭންއަށް ބަދަލުވާން އެދިފައިވާ ޚްވީޗާ ކްވަރަޓްސްޚޭލިއާގެ ބަދަލުގައި ކުޅުވާށެވެ. އެހެންނަމަވެސް ޔުނައިޓެޑްގެ އަގަކީ 60 މިލިއަން ޕައުންޑް (73 މިލިއަން ޑޮލަރު) ކަމަށްވާތީ ނާޕޮލީގެ އޮފަރ މާ ކުޑައެވެ.

Ad by Hajj Corporation

Ad by Hajj Corporation



20 އަހަރުގެ ގަރްނާޗޯއަކީ ޔުނައިޓެޑްގެ އެކަޑަމީގައި ތަމްރީނު ލިބިފައިވާ ކުޅުންތެރިއަކަށްވާތީ، އޭނާ ވިއްކާލައިފިނަމަ ޕްރޮފިޓް އެންޑް ސަސްޓެއިނަބިލިޓީ ރޫލްސްގެ ދަށުން ކްލަބަށް ސާފު ފައިދާއެއް ލިބޭނެއެވެ. އިޓަލީގެ ޔުވެންޓަސްވެސް ގަރްނާޗޯއަށް ޝައުޤުވެރިވާކަމަށް ބުނެވެއެވެ.



2020 ގައި އެޓްލެޓިކޯ މެޑްރިޑުން ޔުނައިޓެޑަށް ބަދަލުވި ގަރްނާޗޯ ވަނީ މި މޫސުމުގައި 30 މެޗު ކުޅެ 8 ލަނޑާއި 5 އެސިސްޓް ދީފައެވެ. އަދި އާޖެންޓީނާ ޤައުމީ ޓީމަށް 8 މެޗު ކުޅެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ސީޒަނެއް، ޔުނައިޓެޑްގެ ތަފާތެއް ނެތް. އަލަށް ޕްރޮމޯޓްވި ބައެއް އަތުން ބަލިވެއްޖެކުޅިވަރު | 2 ދުވަސް ކުރިންދާއިމީކޮށް ސޮއިކުރާނެކަމުގެ ފޮނިހުވަފެންތަކާއެކު ބާސާއަށްދިޔަ ރަޝްފޯޑު އުނބަށްޖަހައި އެނބުރި ޔުނައިޓެޑްއަށްކުޅިވަރު | 15 ދުވަސް ކުރިންޗެލްސީގެ އަންދްރޭ ސަންޓޯސް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެކުޅިވަރު | 2 މަސް ކުރިންއިމާމަކަށް ބަދަލުވެ ޤްރުއާން ހިތުދަސްކުރަން މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިޔާ ވޯލްޑްކަޕަށްފަހު ރިޓަޔާކުރަނީ؟ކުޅިވަރު | 2 މަސް ކުރިން