logo
ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިBank of Maldives

Bank of Maldives

World

ޔޫކްރެއިންގެ އަލިފާން ނިއްވާ މީހުން އެމެރިކާއަށް ފޮނުވަނީ

އަޙްމަދު ޒަލީފް
14 ޖެނުއަރީ 2025 - 14:22
ޔޫކްރެއިންގެ އަލިފާން ނިއްވާ މީހުން އެމެރިކާއަށް ފޮނުވަނީ

އެމެރިކާގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި ޔޫކްރެއިންގެ ފަޔަރ ފައިޓަރުން އެމެރިކާއަށް ފޮނުވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

މި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އެމެރިކާގެ ފަޔަރ ފައިޓަރުންނަށް ދަތިވަމުންދަނީ ބިމުއަޑީގައި ގާއިމުކޮށްފައިވާ އަލިފާން ނިއްވުމުގެ ނިޒާމު އަދާހުލިވެފައިވުމާއި، ވައިގަދަވުމުގެ ސަބަބުން އަލިފާން އެއްތަނުން އަނެއްތަނަށް ފެތުރެމުންދާތީއެވެ. ހުޅުހިފާ ކޮންމެ ތަނެއް މުޅިން އަނދައި ހުސްވުމަށްފަހުގައި މެނުވީ އަލިފާން މަޑުނުޖެހޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

145 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ މި އަލިފާންގަނޑަކީ އެމެރިކާގެ ތާރީޚުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އަލިފާނުގެ ހާދިސާއެވެ. އަލިފާންގަނޑު އިތުރަށް ފެތުރިއްޖެނަމަ، އެމެރިކާގެ އިޤްތިޞާދަށް ނުކަތާވަރުގެ ގެއްލުންތަކެއް ލިބޭނެކަމަށް ބެލެވެއެވެ.

ލޮސްއެންޖަލީސް ފަޔަރ ޑިޕާޓްމަންޓުގެ ޗީފް ޑެނިއަލް މާޓިން ވިދާޅުވި ގޮތުގައި، މި އަލިފާންގަނޑަކީ އެމެރިކާގެ ފަޔަރ ފައިޓަރުންނަށް ވެސް މިހާތަނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ. ކްރޭންގެ ފަޔަރ ފައިޓަރުންގެ އެހީ ލިބުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ލޮސްއެންޖަލީސް މޭޔަރ ކެރެން ބާސް ވިދާޅުވިއެވެ.

މިއަދާ ހަމައަށް ވެސް އަލިފާންގަނޑު ދަނީ އިތުރު ސަރަހައްދުތަކަށް ފެތުރެމުންނެވެ. ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކުރެވިފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާއިރު، މޫސުމީ ބަދަލުތަކާއި ވައިގެ ބާރުމިނަށް އަންނަ ބަދަލުތަކަކީ ވެސް ބޮޑު ގޮންޖެހުމެއް ކަމަށް ފަޔަރ ފައިޓަރުން ފާހަގަކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނާއި ސީރިއާ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފި ދުނިޔެ | 9 ދުވަސް ކުރިން30 ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރަނީ ދުނިޔެ | 18 ދުވަސް ކުރިންޓްރަމްޕް ނޯބެލް ސުލްޙައިގެ އިނާމުގެ އިންތިޒާރުގައި، މަދަދުދެނީ ނަތަންޔާހޫދުނިޔެ | 3 މަސް ކުރިން ބޯޓެއްގައި އައި މީހަކު އެމެރިކާގެ ރެސްޓޯރަންޓަކަށް ހަމަލާދީ 3 މީހުން މަރާލާ ގިނަ ބަޔަކު ޒަޚަމްކޮށްލައިފިދުނިޔެ | 3 މަސް ކުރިން