logo
ޚަބަރު

"އުރީދޫ މަސްރޭސް 2024" ގެ ޗެމްޕިއަންކަން ޓީމް ހުސްބުޅި ހޯދައިފި

މަރިޔަމް ޔަނާ އަލީ
7 ސެޕްޓެމްބަރު 2024 - 15:02
ފޮޓޯ/ ކޯޕޮރޭޓް މޯލްޑިވްސް
ފޮޓޯ/ ކޯޕޮރޭޓް މޯލްޑިވްސް

އުރީދޫ މަސްރޭސް 2024 ގެ ޗެމްޕިއަންކަން ޓީމް ހުސްބުޅި ހޯދައިފިއެވެ.

 އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ އުރީދޫ މަސްރޭސް ކުރިއަށް ގެންގޮސްފައިވަނީ ކ. ހިންމަފުއްޓާއި ޅ. ނައިފަރު އަދި ގދ.ތިނަދޫގައި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީމުތަކުން ބައިވެރިވެފައިވާއިރު، އެކި ކެޓަގަރީތަކުގައި ވާދަކޮށް، ފާހަގަކޮށްލެވޭ އިންޑިވިޖުއަލް އަދި ޓީމް ޕާފޯމެންސްއެއް ދެއްކި ޓީމުތަކަށް އަގު ވަޒަންކޮށް ހާއްސަ އިނާމުތަކެއް އުރީދޫއިންވަނީ ހުށައަޅާފައެވެ.

މިމުބާރާތުގެ ނަތީޖާތަކަށް ބަލާއިރު، މުޅި މުބާރާތުން އެއްވަނަ ހާސިލްކުރި ޓީމަކީ ޓީމް ހުސްބުޅިއެވެ. އެޓީމުންވަނީ 921.4 ޕޮއިންޓު ހޯދާފައެވެ. މިމުބާރާތުގެ ދެވަނަ މަގާމުން ޖާގަހޯދާފައިވަނީ 698.45 ޕޮއިންޓާއެކު ޓީމް ޗިލްބްރޯޒްއެވެ. އަދި ތިންވަނަ އަށް ހޮވިފައިވަނީ 438.3 ޕޮއިންޓާއެކު ޓީމް ކޮރަކަލިއެވެ.

ބުރަދަނުގައި އެންމެ ބަރުދަންހުރި މަހެއް ބޭނީ ޓީމް އަލިފަސްގެ މުހައްމަދު ނަޝީދެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު މަސްވެރިޔަކަށް ހޮވުނީ ޓީމް ޗިލްބްރޯޒްއަށް ނިސްބަތްވާ އަލީ އަބްދުاللهއެވެ. މި މަސްރޭހުގައި އޭނާ ވަނީ 24 މަސް ބާނާފައެވެ. މި މުބާރާތުގެ އެންމެ މޮޅު އަންހެން މަސްވެރިޔަކަށް ހޮވިފައިވަނީ ޓީމް ކޮރަކަލީގެ ޖަވާދާ އަހްމަދެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް 2025 ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ރަސްމީކޮށް ސޮއިކޮށްފިޚަބަރު | މަހެއް ކުރިންކުޑަކުދިންގެ ދުވަސް ފާހަގަކުރުން ކުލަގަދަކޮށް: މާލޭ އޭރިޔާގެ 7 ސަރަހައްދެއްގައި ކުޑަކުދިންގެ ހަވީރު އޮންނާނެޚަބަރު | 4 މަސް ކުރިން"އުރީދޫ މަސްރޭސް 2024" ގެ ޗެމްޕިއަންކަން ޓީމް ހުސްބުޅި ހޯދައިފިޚަބަރު | އަހަރެއް ކުރިން