logoEN
ޚަބަރު

ކުޑަކުދިންގެ ދުވަސް ފާހަގަކުރުން ކުލަގަދަކޮށް: މާލޭ އޭރިޔާގެ 7 ސަރަހައްދެއްގައި ކުޑަކުދިންގެ ހަވީރު އޮންނާނެ

މިއަދު ފާހަގަކުރާ ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ގްރޭޓާ މާލޭގެ 7 ސަރަޙައްދެއްގައި ކުޑަކުދިންގެ ހަވީރުތައް ބާއްވާނެއެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި އެޗްޑީސީން އަދި ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ކުޑަކުދިންގެ ހަވީރުތަކުގެ ތެރެއިން ހުޅުމާލޭގައި ދެ ހަވީރެއް، މާލޭގައި 4 ހަވީރެއް އަދި ވިލިމާލޭގެ މުޙްޔިއްދީން ސްކޫލްގައި އެއް ހަވީރު އޮންނާނެއެވެ.

އެގޮތުން މާލޭގައި ކުޑަކުދިންގެ ހަވީރުތައް އޮންނާނީ، ރަސްފަންނު, ހެންވޭރު ދަނޑު, ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ. އަދި ހުޅުމާލޭގައި އެ ހަވީރުތައް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގެ އިތުުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ސަރަޙައްދުގައެވެ.

މި ހަވީރުތައް އޮންނާނީ މިއަދު ހަވީރު ހަތަރަކުން އިރުއޮއްސި ހަޔެއް ޖެހުމާ ހަމައަށެވެ.

މީގެ އިތުރުން، މިއަދުގެ ހަވީރުން ފެށިގެން ހުޅުމާލެ ހިޔާ ޕާކު ސަރަހައްދުގައި ކުރިއަށް ގެންދާ ހަވީރުގެ އިތުރުން، މިރޭ ޚާއްސަ މޫވީ ނައިޓެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާ ސަރަޙައްދުގައި ކުރިއަށް ގެންދާ ހަވީރުގައި، އޫރީދޫ ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ފޯމް ޕާރޓީ އެއް ވެސް ކުރިއަށް ދާނެއެވެ. އަދި މި ހަވީރުގެ ތެރެއިން ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކޭކު ފެޅުމާއި އެކު ކުޑަކުދިން އެންމެ ގަޔާވާ އެއް ޕަރފޯމަރ އެއް ކަމަށް ވާ ރޮބޯމޭންގެ ޚާއްސަ ޕަރފޯރމަންސް އެއްވެސް އޮންނާނެއެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" މި ޝިއާރެވެ.

ކޮމެންޓް

871x217_placeholder