ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް 2025 ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ރަސްމީކޮށް ސޮއިކޮށްފި
22 ޖުލައި 2025 - 12:00

އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ޖެން މޯލްޑިވްސް މާލޭގައި ޝަންގްރިއްލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް 2025 ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސްއިން ރަސްމީކޮށް ސޮއިކޮށްފިއެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމަކީ ސަރުކާރާއި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު އިންޑަސްޓްރީ އިސްލާހުކުރުމާއި ވަކާލާތު ކުރުމަށް ސްޓޭކްހޯލްޑަރުންގެ ކަންބޮޑުވުންތައް ފާޅުކުރުމުގެ މައި ޕްލެޓްފޯމެވެ. މީޑިއަމް އިވެންޓްސް އިން އިންތިޒާމުކޮށްގެން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން އެންޑޯޒްކޮށްފައިވާ މި ފޯރަމަކީ މި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިންޑަސްޓްރީގެ އެއްވުމެވެ.

Ad by Hajj Corporation
މީގެ އިތުރުން އެ އިދާރާއިން މައުލޫމާތު ދިން ގޮތުން ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާއި، މުހިންމު ފަރާތްތައް އެއްތަނަކަށް ގެނެސް، ރާއްޖޭގެ ޢިމާރާތްކުރުމުގެ ޞިނާޢަތުގެ ތެރޭގައި ހުރި މުހިންމު މައްސަލަތަކާއި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރުގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ސްޕޮންސާޝިޕުން ދައްކުވައިދެނީ ގައުމީ ތަރައްގީއަށާއި އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށް އެހީތެރިވެދިނުމަށާއި އުމްރާނީ ތަރައްގީތައް ހިމެނޭ ގޮތަށް އިމާރާތްކުރުމުގެ ސިނާއަތަށް ޓެކްނޮލޮޖީގެ ހައްލުތައް އިންޓަގްރޭޓް ކުރެވޭނެ ގޮތްތަކެވެ.
މި ޕްލެޓްފޯމަކީ އިންޑަސްޓްރީގެ އިސްވެރިންނާ ގުޅުން ބަދަހިކޮށް، އުރީދޫގެ ސްމާޓް ކަނެކްޓިވިޓީ އާއި ކްލައުޑް ޓެކްނޮލޮޖީ އަދި މެނޭޖްޑް ހިދުމަތްތަކުގެ ސަބަބުން ސްމާޓް ކޮންސްޓްރަކްޝަންގެ މުސްތަގުބަލް ކުރިއަށް ގެންގޮސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް މަގުފަހިވާ ގޮތް ދައްކާލުމުގެ ހާއްސަ ފުރުސަތެއް ކަމުގައި އުރީދޫ ވަނީ ފާހަގަކުރައްވާފައެވެ.