logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގައި އެންމެ ގިނައިން ފެން ޖަމާވާ ދިމާތަކުން މޫދަށް ފެން ބޭރުކުރެވޭނެ ގޮތް ހަދައިފި

އާމިނަތު ޝަފާ
15 ޖެނުއަރީ 2025 - 11:45
މިނިސްޓަރ އާދަމް ޝަރީފް އުމަރު
މިނިސްޓަރ އާދަމް ޝަރީފް އުމަރު

މާލޭގައި އެންމެ ގިނައިން ފެން ޖަމާވާ ދިމާތަކުން މޫދަށް ފެން ބޭރުކުރެވޭނެ ގޮތް ހަދައިފިއެވެ.

މިކަމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނީ މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ޓާސްކްފޯހުގެ އިރުޝާދުގެ ދަށުން މާލޭގެ ގޭގެއަށް ވެލި ބަސްތާ ދޫކުރުމަށް، ޑިޒާސްޓަރ މެނޭޖުމެންޓް އޮތޯރިޓީގެ ލަފާގެ މަތިން، ވެލި ބަސްތާ ތައްޔާރުކޮށް ދޫކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާރޓްމެންޓުން ކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ގޮތުން މާލޭގެ ގޭގެއަށް ދޫކުރުމަށް ގާތްގަނޑަކަށް 1000 ބަސްތާ ވެލި ތައްޔާރު ކުރެވިފައި ވާކަމަށާއި ހައުސިންގ މިނިސްޓްރީ ކުރިން ހުރި ގޯތިތެރޭގައި ކުރެވުނު މި މަސައްތައް ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވަޑައިގެން މަސައްކަތްކުރެއްވި މުވައްޒަފުންނަށް ހިތްވަރު ދެއްވާފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މާލޭގައި، އެންމެ ގިނައިން ފެން ޖަމާވާ ދިމާތަކުން، އެމް.އެން.ޑީ.އެފްގެ އިރުޝާދުގެ މަތިން މޫދަށް ފެން ބޭރުކުރެވޭނެ ގޮތް ވެސް މިނިސްޓްރީގެ މުވައްޒަފުން ކޮށްފައިވާކަމަށާއި އެ ގޮތުން ޕޯސްޓް އޮފީހާ ދިމާއިންނާއި، މާލޭ ޖަލާ ދިމާއިން މޫދަށް ފެން ބޭރުކުރެވޭނެ ގޮތް ވަނީ ހަދައިފައިކަމަށް މިނިސްޓްރީން ބުނެއެވެ.

ވިއްސާރައާ ގުޅިގެން އަތޮޅުތެރޭގެ ޙާލަތު ކުލަސްޓަރ ނިޒާމުގެ ތެރޭން ދެނެގަނެ، އެ ސަރަޙައްދެއްގެ ޕޮލިހުންނާއި، ސިފައިން މެދުވެރިކޮށް އަވަސް ޙައްލެއް އެ ރައްޔިތުންނަށް ހޯއްދަވައި ދެއްވުމަށް ވެސް މިނިސްޓްރީ އޮތީ، ތައްޔާރީ ޙާލަތުގައިކަމަށާއި އަދި ޕަބްލިކް ވާރކްސް ރީޖަނަލް ޑިޕާރޓްމެންޓްތައް ހުރި ރަށްރަށުން ވެސް ދުރާލާ މި ކަމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ވެފައިކަމަށް މިނިސްޓްރީން މައުލޫމަތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރު އިލްތިމާސް ކުރެއްވީ މުވައްޒަފުން ކޮރަޕްޝަނުގައި ނުޖެހުމަށްޚަބަރު | 4 ދުވަސް ކުރިންއީދަށް ދިއްލުމުގެ މަސައްކަތްތައް ބައެއް ރަށްތަކުގައި ފެށިއްޖެ ޚަބަރު | 9 މަސް ކުރިންފެރީ ޓާމިނަލްތައް ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 10 މަސް ކުރިންއަލިފާނުގެ ޙާދިސާއާ ގުޅިގެން އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަނީ ޚަބަރު | އަހަރެއް ކުރިން