އަލިފާންގަނޑުތައް އިތުރަށް ފެތުރިދާނެ - އެމެރިކާ
![](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2Foriginal_1736398296169.jpeg&w=3840&q=75)
![އަޙްމަދު ޒަލީފް](/_next/image?url=%2Fuser.jpg&w=3840&q=75)
15 ޖެނުއަރީ 2025 - 14:22
އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ލޮސް އެންޖެލީސްއަށް ވައި ބާރުވާން ފެށުމާ އެކު، އެ ރަށުގެ ޖަންގަލިތަކާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް އިތުރަށް ފެތުރިދާނެ ކަމުގެ އިންޒާރު ދީފިއެވެ.
ކެލިފޯނިޔާގެ ސަހަރާތަކާ ދިމާލުން ވައި ބާރުވަަމުންދާ ކަމަށާއި، އަލިފާންގަނޑުތައް އިތުރު ސަރަޙައްދުތަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށް އެމެރިކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ކުއްލި ގޮތަކަށް ރޯވެ، ބިޔަ އަލިފާންގަނޑުތަކެއް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރިގެން ގޮސްފައި ވަނީ ޖަނަވަރީ 7 ވަނަ ދުވަހުއެވެ.
އަލިފާނުގެ ސަބަބުން މީހުން ދިރިއުޅޭ ގިނަ އަދަދެއްގެ ގެދޮރާއި އިމާރާތްތައް ވަނީ އަނދައި އަޅިއަށްވެފައެވެ. ލޮސް އެންޖެލީސަކީ ގިނަ އަދަދެއްގެ މަހުޖަނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ތަރިންގެ ގެދޮރު ހުންނަ ސަރަޙައްދެކެވެ.މިހާރު ވެސް ޕެލިސޭޑްސް އަދި އީޓަން ސަރަޙައްދު ދަނީ ރޯވެ، އަނދަމުންނެވެ. ލޮސް އެންޖެލީސްގެ ހުޅަނގުގައި އޮތް ޕެލިސޭޑްސްގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 96 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ އަނދައި ހުލިވެފައެވެ. ކޮންޓްރޯލް ކުރެވިފައި ވަނީ އެންމެ %18އެވެ. އީޓަން ސަރަޙައްދުން ވެސް ވަނީ 57 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް އަނދާފައެވެ. އެ އަލިފާންގަނޑުގެ %53 ކޮންޓުރޯލު ކުރެވިފައިވާ ކަމުގައި އިދާރާތަކުން ބުންޏެވެ.
އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 25އަށް އުފުލިފައިވާ ކަމުގައި ލޮސް އެންޖެލީސްގެ މެޑިކަލް އެގްޒޭމިނަރުގެ އޮފީހުން ހާމަކުރިއެވެ. އަދި، 12,000އަށްވުރެ ގިނަ ގެދޮރާއި އިމާރާތްތައް ވަނީ އަނދައި އަޅިއަށްވެފައެވެ.
އަލިފާނުގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާއިރު، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް 84,000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަންގާފައެވެ.
އިތުރު ލިޔުންތައް
![24 މީހުން މަރުވިއިރު އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވޭ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2FGettyImages-21925586401-5ad88de4203f48fdbe3034fa8a8ccc60.jpg&w=3840&q=75)
24 މީހުން މަރުވިއިރު އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވޭ
23 ދުވަސް ކުރިން![ލޮސް އެންޖެލިސްގައި ރޯވި އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 30 މީހުން މަރުވެއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F00-story-california-wildfires.webp&w=3840&q=75)
ލޮސް އެންޖެލިސްގައި ރޯވި އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 30 މީހުން މަރުވެއްޖެ
21 ދުވަސް ކުރިން![ޔޫކްރެއިންގެ އަލިފާން ނިއްވާ މީހުން އެމެރިކާއަށް ފޮނުވަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F409022_3_3790db55a5886d38f934f3993e502704273bd0ab_large.jpg&w=3840&q=75)
ޔޫކްރެއިންގެ އަލިފާން ނިއްވާ މީހުން އެމެރިކާއަށް ފޮނުވަނީ
21 ދުވަސް ކުރިން![އަނެއްކާ ވެސް ލޮސް އެންޖެލިސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2FAFP__20250122__36VJ7EM__v1__HighRes__NewExplosiveWildfireEruptsNearLosAngeles-1737594431.webp&w=3840&q=75)