logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ދުނިޔެ

ޓްރަމްޕްގެ ދައުރު ފެށެން ކައިރިވާއިރު އެމެރިކާގެ ރޫހު ވަނީ ނުރައްކަލުގައި: ބައިޑަން

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ޖެނުއަރީ 2025 - 17:56
ޓްރަމްޕްގެ ދައުރު ފެށެން ކައިރިވާއިރު އެމެރިކާގެ ރޫހު ވަނީ ނުރައްކަލުގައި: ބައިޑަން

އެމެރިކާގެ ޕްރެޒިޑެންޓް އިލެކްޓް ޑޮނާލްޑް ޓްރަމްޕްގެ ރައީސްކަމުގެ ދައުރު ފެށުމާ ކައިރިވަމުން އަންނައިރު "އެމެރިކާގެ ރޫޙު" ވަނީ ނުރައްކަލުގައި ކަމަށް އެ ޤައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން ވިދާޅުވެފައިވަނީ "އެމެރިކާގެ ރޫޙު" އަދިވެސް ނުރައްކަލުގައި އޮތް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ބައިޑަން މިބަޔާން ދެއްވީ ޓްރަމްޕް ދެވަނަ ދައުރަކަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ދުވަސް ކައިރިވެފައި ވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބުދަ ދުވަހުގެ ހެނދުނު އާންމުކުރެއްވި ސިޓީއެއްގައި، އަދި ޤައުމާ މުޚާޠަބުކޮށް ވަދާއީ ޚިޠާބެއް ދެއްވުމުގެ މަދު ގަޑިއިރުތަކެއް ކުރިން، ބައިޑެން އެމެރިކާގެ ރައްޔިތުންނަށް ވަނީ އެއްބައިވަންތަކަމަށް ގޮވާލަށްވާފައެވެ.

"އަޅުގަނޑު ރައީސްކަމަށް ކުރިމަތިލީ އެމެރިކާގެ ރޫޙު ނުރައްކަލުގައި އޮތް ކަމަށް ޤަބޫލުކުރެވުނީތީ، އަދި މިހާރުވެސް އެކަން އެގޮތުގައި ދެމިއެބައޮތް،" ބައިޑަން ލިޔުއްވާފަވެއެވެ.

ނަމަވެސް، މުހިންމު ބައިނަލްއަޤްވާމީ މައްސަލަތައް ބެލެހެއްޓެވި ގޮތާމެދު ޑިމޮކްރެޓިކް ރައީސަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ޚާއްޞަކޮށް ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ މަރުގެ ހަނގުރާމައިގައި އިސްރާއީލަށް ދެއްވަމުން ގެންދަވާ ހުއްޓުމެއްނެތް އެހީތެރިކަމާމެދު ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ސިޓީގައި ޓްރަމްޕްގެ ނަން ސީދާ ބަޔާންކޮށްފައި ނުވިނަމަވެސް، ވެރިކަމާ ހަވާލުވުމަށް ތައްޔާރުވަމުންދާ ރިޕަބްލިކަން ރައީސް އިންތިޚާބު ކުރެވިފައިވާ ފަރާތަކީ ޑިމޮކްރަސީއަށް ނުރައްކަލެއް ކަމަށް ބައިޑަން ވަނީ އިންޒާރުދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލުގެ އަގު އުފުލުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޓްރަމްޕް މާބޮޑު ސަމާލުކަމެއްނެތްދުނިޔެ | 2 ދުވަސް ކުރިންއެމެރިކާގެ 13 ސިފައިން މަރުވެ 200 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެއްޖެދުނިޔެ | 2 ދުވަސް ކުރިންނޯބެލް ސުލްހައިގެ އިނާމް ހައްގުކަމަށް ވަކާލާތުކުރަށްވާ ޓްރަމްޕް ވިދާޅުވީ އިނާމަށް ޝައުގެއް ނެތްކަމަށްދުނިޔެ | 4 ދުވަސް ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "އަހަރެމެން މޮޅުވެއްޖެ": ޓްރަމްޕްދުނިޔެ | 5 ދުވަސް ކުރިން