logo
MPL

MPL

ޚަބަރު

ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ބަލަނީ

އާމިނަތު ޝަފާ
16 ޖެނުއަރީ 2025 - 12:25
ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ބަލަނީ

މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމުން މިނިސްޓްރީއިން ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މިނިސްޓްރީން މި މައްސަލަ ފުލުހަށް ހުށަހެޅިކަން ޔަގީންކޮށްދީފައެވެ. އަދި ދަރިވަރަކަށް ދިމާވި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށް، މި ފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ.

ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޭސްފުޅިއެއް ލީކުވެ އެކަކު ނިޔާވެ، ދެވަނަ މީހާގެ ހާލު ސީރިއަސްޚަބަރު | 2 ދުވަސް ކުރިންގޭސްފުޅިއެއް ގޮވައި އަލިފާން ރޯވެ ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދެނީޚަބަރު | 5 ދުވަސް ކުރިންފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާ އެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތެއް: ސީޕީޚަބަރު | 5 ދުވަސް ކުރިންފުލުހުންގެ ބޮޑު ކުރިއެރުމެއް: މާލެ އޭރިއާގެ 166 އޮފިސަރަކަށް ރޭންކުގެ ކުރިއެރުންޚަބަރު | 5 ދުވަސް ކުރިން