logo
MPL

MPL

ޚަބަރު

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަދަލެއް ނުވޭ: ޚަލީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ޖެނުއަރީ 2025 - 19:04
ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަދަލެއް ނުވޭ: ޚަލީލް

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސް މެދުވެރިކޮށް އާންމުކުރެއްވި ކުރު މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ޚަލީލް ވިދާޅުވި ގޮތުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ. އޭނާ ވިދާޅުވީ އދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތް ބެއްލެވުމުން މިކަން ސާފުވާނެ ކަމަށެވެ.

"ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ޚަލީލް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ، ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް، އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގެ މައްޗަށް ކަމަށެވެ.

މިނިސްޓަރު ހަލީލް މި މެސެޖު އާންމުކުރަށްވާފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެސްޓޯނިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިސްވެރިންނާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު، އެތަނުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | 19 ދުވަސް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | 19 ދުވަސް ކުރިންސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!ޚަބަރު | 25 ދުވަސް ކުރިންއިތުރު ހަތަރު ގައުމެއްގައި އެމްބަސީތައް ގާއިމު ކުރަނީޚަބަރު | މަހެއް ކުރިން