logo
Bank of Maldives

Bank of Maldives

ޚަބަރު

މަޑިއަށް ކާންދިނުމަކީ މަނާކަމެއްކަމަށް އީޕީއޭއިން ބުނެފި

ފޮޓޯ:ޒޫބްލޫ
ފޮޓޯ:ޒޫބްލޫ

ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ މަޑީގެ ބާވަތްތަކަށް ކާންދިނުމަކީ މަނާކަމެއްކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ދިރާސާތައް ދައްކާ ގޮތުން މަޑީގެ ބާވަތްތަކަށް ކާންދިނުމާއި، ކާން އެޅުމަކީ އެތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާ ކަމަކަށް ވާތީ އީޕީއޭއިން ވަނީ އެކަން މަނާކޮށްފައެވެ. އަދި މަޑީގެ ބާވަތްތައް ބެލުމަށްޓަކައި އެތަކެއްޗާއެކު މޫދުގައި ފީނުމަކީ ދިވެހީން އަދި ފަތުރުވެރިންގެ ތެރޭގައި މަޤުބޫލުކަމަކަށް ވީނަމަވެސް، މި ހަރަކާތްތަކުގެ ސަބަބުން މީހުންނަށް އެކި ކަހަލަ އަނިޔާވެ ނުރައްކާތެރި ހާދިސާތައް ދިމާވާން ކުރިމަތިވާތީ މިކަމަށް ސަމާލުވުމަށްވެސް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޑީގެ ފަރާތުން އިންސާނުންނަށް އަނިޔާވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ، މަޑި އުޅޭ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވެ އެތަކެއްޗަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އަޅާ، ނުވަތަ މަޑި ކަށި ހެރުން ފަދަ ހާދިސާތައް ހިނގާތީއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންވެސް މިފަދަ ހަރަކާތްތަކުގައި ބައިވެރިވާތީ، މިފަދަ ހާދިސާއެއް ހިނގުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެކަމެއްގެ ގޮތުގައި އީޕީއޭއިން ފާހަގަކުރެއެވެ. އެހެންކަމުން މަޑިތަކަށް ކާންދިނުން ހުއްޓުވުމަށް އެ އޭޖެންސީއަށް ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާކަމަށްވެސް އީޕީއޭއިން ބުނެއެވެ.

މަޑީގެ ބާވަތްތައް ހިމާޔަތް ކުރުމަތް ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފުވާ ފަރާތްތަކަށް، "ގުދުރަތީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދު" ގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް އީޕީއޭއިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީ ފަރަށް އެރި ބާޖު ފުން ކުރަން ކޯޓުން އަމުރުކޮށްފިޚަބަރު | މަހެއް ކުރިންޔޮޓެއް ފަރަކަށް އެރުމުން ލިބުނު ގެއްލުމަށް 4 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްޚަބަރު | 2 މަސް ކުރިންރަސްފަރި ފަރަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށް މާލީ އެހީދެނީ ޚަބަރު | 4 މަސް ކުރިންނެލިވަރު ފިނޮޅަށް އެރި ބަޔަކު 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިޚަބަރު | 6 މަސް ކުރިން