logo
Bank of Maldives

Bank of Maldives

ޚަބަރު

ބުރޫނާއީގައި މަތީ ތައުލީމު ހާސިލްކުރުމުގެ ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސުދާ ލަތީފް
17 ޖެނުއަރީ 2025 - 11:10
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމެއްގެ ތެރެއިން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމެއްގެ ތެރެއިން

ބުރޫނާއީގައި މަތީ ތައުލީމު ހާސިލްކުރުމުގެ ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފި އެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ބުނީ މި ސްކޮލަރޝިޕް ހުޅުވާލާފައިވަނީ ބުރޫނާއީގެ 5 ޔުނިވަރސިޓީ އަކުން ކަމަށެވެ.
އަދި މިއީ ބުރޫނާއީގެ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ "ބުރޫނާއި ގަވަރމެނޓް ސްކޮލަޝިޕް ޕްރޮގްރާމް"ގެ ދަށުން ދިވެހިންނަށް ހޯދައިދީފައިވާ ފުރުޞަތެއްކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ބުރޫނާއީގައި ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ މަސައްކަތްތައް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން އަދި މެޑިކަލް އިންޝުރެންސް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެކަމަށެވެ. އަދި މި ސްކޮލަރޝިޕްތަކުގެ ދަށުން ވަރަށް ގިނަ ދާއިރާތަކަކުން މަތީ ތަޢުލީމް ޙާސިލްކުރެވޭނެކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.
ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ބަޔާންކޮށްްފައެވެ. އަދި މި ސްކޮލަރޝިޕްތަކުގައި ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަކަށެވެ.
މިޕްރޮގްރާމްތަކަށް އެދޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީއަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، އެ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރުމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވަނީ އިލްތިމާސް ކުރެއެވެ.

މި ސްކޮލަރޝިފަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހު ބުރޫނާއި ގަޑިން 16:00ގެ ކުރިން ފޯމް ހުށަހަޅަންޖެހޭނެ ކަމަށްވެސް މަތީ ތައުލީމާބެހޭ ވުޒާރާއިން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސް ދާއިރާއަކުން މާސްޓަރސްއަށް ކިޔަވަން ކޮރެއާއިންދޭ ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންއެގްރިކަލްޗަރަލް ސައިންސް ދާއިރާއިން ހިލޭ މަތީ ތައުލީމަށް ކިޔެވޭ ސްކޮލަރޝިޕް ސަރުކާރުން ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވީ 52 ދަރިވަރުންޚަބަރު | 3 މަސް ކުރިންރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާ ތަކުގެ އަދަދު 132 އަށްޚަބަރު | 4 މަސް ކުރިން