logo
Bank of Maldives

Bank of Maldives

ޚަބަރު

މިމަހުގެ 28 ގެ ކުރިން ޑޮލަރު މާރުކޮށް ނިންމުމަށް އެމްއެމްއޭއިން އެދިއްޖެ

ހުސައިން ވަސީމް
18 ޖެނުއަރީ 2025 - 08:37
މިމަހުގެ 28 ގެ ކުރިން ޑޮލަރު މާރުކޮށް ނިންމުމަށް އެމްއެމްއޭއިން އެދިއްޖެ

ބޭރު ފައިސާއާއި ބެހޭ ގަވާއިދުގެ ދަށުން ޑޮލަރު މާރު ކުރަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 28 ވަނަ ދުވަސް ކަމަށާ އެދުވަހުގެ ކުރިން ޑޮލަރު މާރުކޮށް ނިންމުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން އެދިއްޖެ.

އެމްއެމްއޭގެ އޮފިޝަލަކު މެންދުރު ޓީވީ އަށް ވިދާޅުވީ، ބައެއް ރިސޯޓު ތަކުން މިހާރުވެސް ބޭންކުތަކަށް ޑޮލަރު މާރު ކުރަން ފަށާފައިވާ ކަމަށެވެ. ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކުން މިހާތަނަށް 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ބޭންކްތަކަށް މާރުކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްއެމްއޭގެ އޮފިޝަލް ވިދާޅުވީ ޑޮލަރު މާރު ކުރަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 28 ވަނަ ދުވަސް ކަމަށާ، އެހެންވެ އެ ދުވަހުގެ ކުރިން ޑޮލަރު މާރުކޮށް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ވިޔަފާރިތަކުން ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވައިލި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ.
މި ގާނޫނުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ އެތެރެކޮށް ބޭނުންކުރުމާއި ގެންގުޅުމާއި އަދި ޖަމާކޮށް މާރުކުރުމާއި ގުޅޭ އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.
ސެންޓްރަލް ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމުން ކަޅު ބާޒާރުން ޑޮލަރު ގަތުމަށް އޮންނަ ޑިމާންޑް ކުޑަކުރެވި، ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކަށް ވެސް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ކުޑަކުރެވޭނެއެވެ. އެގޮތުން ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޑޮލަރުގެ އިތުރުން، ކާޑު ލިމިޓް ބޮޑުކުރުމަށް ބޭނުންވާ ޑޮލަރު ވެސް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ހެޔޮ ބަދަލެއް އަތުވެއްޖެ: މިނިސްޓަރ ސައީދުޚަބަރު | 3 ގަޑިއިރު ކުރިންލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ނުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފިޚަބަރު | 5 ދުވަސް ކުރިންބޭންކަށް ޑޮލަރު މާރުނުކުރަނީ ރަހާ އާއި ސައުތު ޕާމް ރިސޯޓުންޚަބަރު | 22 ދުވަސް ކުރިންގަވާއިދާ ޚިލާފުވެގެން ""އެކްސްޕްރެސް މަނީ އެކްސްޗޭންޖް " ގެ ލައިސަންސް ބާތިލްކޮށްފިޚަބަރު | 24 ދުވަސް ކުރިން