ޓިކްޓޮކް ލައިވްއަކުން ޔާމްބެއަށް 200،000 އަށްވުރެ ގިނަ ރުފިޔާގެ އެހީ

ޔާމްބެއަށް އެހީ ހޯދުމަށް ކުރިއަށް ގެންދިޔަ ފަންޑްރަައިޒިން އެިވެންޓް

08 ސެޕްޓެމްބަރު 2024 - 06:24
ޓިކްޓޮކް ލައިވްއަކުން ރާއްޖޭގެ ބޮޑީ ބިލްޑާރު، މުޙައްމަދު ޔާމީން (ޔާމްބެ)އަށް 200،000 އަށްވުރެ ގިނަ ރުފިޔާގެ އެހީ ހޯދަިފިއެވެ.
ކިޑްނީ ފެއިލްވެ އާންުމުންގެ އެހީތެރިކަމަށް އެދިފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެންމެ ކާމިޔާބު އެއް ދިވެހި ބޮޑީ ބިލްޑަރ ކަމަށްވާ މުހައްމަދު ޔާމީން (ޔާމްބެ) އަށް ޓިކްޓޮކް ލައިވްއެއްގައި ދެލައްކައަށް ވުރެ ގިނަ ރުފިޔާގެ އެހީ ހޯދައިދީފިއެވެ. .
މިރުފިޔާގެ އެހީ ހޯދާފައިވަނީ ބަޔަކު އިސްނަގައިގެން ޔާމްބެއާއެކީ ބޭއްވި ޓިކްޓޮކް ލައިވް އެއްގައެވެ. ވަރަށް ގިނަ ބަޔަކު ވަނީ މި ލައިވް ބަލައި، ޔާމްބެއަށް އެހީ ފޯރުކޮށް ދީފައެވެ.
ގާތްގަނޑަކަށް އެއް ގަޑިއިރަށް ކުރިއަށް ގެންދިޔަ ލައިވްގައި 210،000ރ. އާއި 1،300 ޑޮލަރު ވަނީ ހޯދައިފަ އެވެ. މިއީ ޓިކްޓޮކްގައި މިގޮތަށް ކުރިއަށް ގެންދިޔަ އެންމެ ކާމިޔާބު އެއް ފަންޑުރެއިޒިން އިވެންޓެވެ.
ޔާމްބެ ބުނި ގޮތުގައި ކިޑްނީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި ހުރިކަން އެނގުނީ މީގެ މަހެއްހާދުވަސް ކުރިންނެވެ. އަދި ޑޮކްޓަރު ލަފާ ދެއްވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ކަމަށް އޭނާ ބުންޔެވެ. ޔާމްބެ ބުނެފައިވަނީ ކުރން މި ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. މައްސަލައެއް އުލޭކަން އެނގުނީ އުނދަގޫތަކެއް ވަތީ ހެދި ލޭގެ ޓެސްޓަކުން ކަމަށެވެ.
ޔާމްބެ ވަނީ މިދިޔަ އަހަރުގެ އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 85 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދާފައެވެ. އަދި އޭނާ ވަނީ 2022 ވަނަ އަހަރު ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގެ އެންމެ ޗެލެންޖް ބޮޑު އެއް ކެޓަގަރީ ކަމަށްވާ ސުޕަ 90 ކިލޯގެ ކެޓަގަރީގެ ފައިނަލުގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ.