logoEN
ޚަބަރު

މިހާތަނަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯ މެޓްރިކް ޑާޓާ ނަގައިފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނައް 25،000 އައް ވުރެ ގިނަ ބިދޭސީންގެ ބަޔޯ މެޓްރިކް ޑާޓާ ނަގައިފައިވާ ކަމައް ދާހިލީ ސަލާމަތާއި ފަނަނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުއްވެއްޖެއެވެ.

ވަޒީރު ކުރައްވާފައިވާ އެކްސް ޕޯސްޓެއްގައި ވިދާޅުވީ އޮޕަރޭޝަން ކުރަނގީގެ ދަށުން އިއްޔެ މާލެ ސަރަހައްދުގެ ޕްރައިވެޓް ސެކްޓަރ އަދި އާންމު ތަންތަނުގައި މަސައްކަތް ކުރިއަށްގެންދެވިފައިވާކަމަށާއި އިއްޔެގެ މަސައްކަތުން 1,455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝިއަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާ ބޭސް އަޕްޑޭޓް ކުރެވިފައިވާކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގައުމާ މުޚާތަބު ކުރެއްވިއިރު، މި އޮޕަރޭޝަންގެ ދަށުން 10,000 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގިފައިވާކަމަށް ވިދާޅުވެފައިވާކަމަށާއި އޭގެ ފަހުން މިދިޔަ 2 މަސްދުވަހުގެ ތެރޭގައި އިތުރު 15,000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނެގި، މިހާތަނަށް ޖުމްލަ 25,483 ބިދޭސީންގެ މައުލޫމާތު ނެގިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތައް ރާއްޖޭގަ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައައް ދާއިމީ ހައްލެއް ހޯދުމައް 3 އަހަރުގެ ޕްލޭން އެއްގެ ދަށުން ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ކަމާ އެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހު ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ފިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންދަނީ މަސައްކަތްކުރަމުންނެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder