logo
E-Platinum
ޚަބަރު

މީހެއްގެ ޒާތީ މައުލޫމާތަށް އެކްސެސްވާނަމަ އެމީހެއްގެ ރުހުން ހޯދަން ޖެހޭ ގޮތް ހަދަނީ

ހުސައިން ވަސީމް
8 ފެބްރުއަރީ 2025 - 09:50
މީހެއްގެ ޒާތީ މައުލޫމާތަށް އެކްސެސްވާނަމަ އެމީހެއްގެ ރުހުން ހޯދަން ޖެހޭ ގޮތް ހަދަނީ

ޑިޖިޓަލް އައިޑީ ކާޑު ހަދަނީ އެއްވެސް އިދާރާއަކުން ނުވަތަ އަމިއްލަ ކުންފުންޏަކުންވިޔަސް މީހެއްގެ އައިޑީ ކާޑަށް އެކްސެސް ވާނަމަ އެ މީހެއްގެ ރުހުން ބޭނުންވާގޮތަށް ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓާ އިހުސާން ވިދާޅުވީ އީ ފާސްގެ ތެރެއިން ހިމެނޭ ޑިޖިޓަލް އައިޑީ ކާޑުގެ ހިދުމަތްތައް ތަރައްގީ ކުރަނީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރެވޭނެ ގޮތަކަށް ކަމަށެވެ.އެއްވެސް މީހެއްގެ ޒާތީ މައުލޫމާތަށް ނުވަތަ އައިޑީ ކާޑަށް އެއްވެސް އިދާރާއަކުން ނުވަތަ ކުންފުންޏަކުންވިޔަސް އެކްސެސް ވާނަމަ އެ މީހެއްގެ ރުހުން ހޯދަން ޖެހޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.ޑިޖިޓަލް އައިޑީ ކާޑު ތަރައްގީ ކުރަނީ މިޒަމާނަށް ފެތޭގޮތަށް ބައިނަލްއަގުވާމީ ސްޓޭންޑަޑްގައި ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެންވީމާ އެމީހެއްގެ ރުހުން ހޯދުމަށް ފަހު ނޫނީ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތަށް އެއްވެސް މީހަކަށް އެކްސެސް ނުވެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

މީގެއިތުރުން އެމީހަކު ރުހުން ދިނުމަށް ފަހު ޒާތީ މައުލޫމާތަށް ނުވަތަ އައިޑީ ކާޑަށް އެކްސެސްވިކަމުގައި ވިޔަސް އެމީހަކަށް އެކަން ފެންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.އެގޮތުން އެމީހެއްގެ ޒާތީ މައުލުމާތަށް އެކްސެސްވީ ކާކުކަމާ ކޮން އިދާރާއަކުން ކޮން ބޭނުމަކު ކަމާ ކުރާ މަސައްކަތް ވަގުތުން އެމީހަކަށް ބަލާލެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.މިނިސްޓަރ އިހުސާން ވިދާޅުވީ މިގޮތަށް ހެދުމުން އާންމުންގެ މެދުގައި މުއައްސަސާއަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަަމަށެވެ.

އީފާސް މެދުވެރިކޮށް މިހާރު ވެސް އެ މީހެއްގެ އައިޑީ ކާޑާއި ޑްރައިވިން ލައިސަންސާއި ކައިވެނީގެ ސެޓްފިކެޓްގެ މައުލޫމާތުތައް ފެންނަން ހުރެ އެވެ.

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ޕާސްޕޯޓާއި އައިޑީކާޑު މެލޭޝިޔާއިންވެސް މިހާރު ލިބޭނެ ޚަބަރު | 3 މަސް ކުރިންރާއްޖެއިން ބޭރުގެ 4 ޤައުމެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަނީޚަބަރު | 4 މަސް ކުރިންއައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް އިތުރު 4 ރަށެއްގައި ފަށަނީ ޚަބަރު | 4 މަސް ކުރިންމީހެއްގެ ޒާތީ މައުލޫމާތަށް އެކްސެސްވާނަމަ އެމީހެއްގެ ރުހުން ހޯދަން ޖެހޭ ގޮތް ހަދަނީ ޚަބަރު | 6 މަސް ކުރިން