logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އަހަރުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ޖެނުއަރީ 2025 - 18:33
އަހަރުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން

މި އަހަރުގެ މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

 ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އިއްޔެ (ހޮނިހިރު)ގެ ނިޔަލަށް 117،532  ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 9.7 އިންސައްތަ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ދުވަހު8،174 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޖެނުއަރީ 10 ގައެވެ. އެދުވަހު 8،090 ފަތުރުވެރިން އައިސްފައިވެއެވެ.

ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އެވްރެޖް 6،530 ގައި ހުރިއިރު، މީގެ ތެރެއިން 69.6 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށް ކަމަށެވެ.

ގެސްޓުހައުސްތަކަށް 25.4 އިންސައްތަ ފަތުރުވެރިން އައިސްފައިވާއިރު، ހޮޓާތަކާއި ސަފާރީތަކަށް އައީ 2.5 އިންސައްތަ ފަތުރުވެރިން އައިސްފައި ވެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 203،891 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގައި މި ވަގުތު ޓޫރިޒަމަށް ޖުމްލަ 1،242 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 171 ރިސޯޓާއި 902 ގެސްޓްހައުސް އާއި 155 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ. މިތަންތަނު އެނދުގެ އަދަދަކީ 62،690 އެވެ.

އަންނަ 2025 ވަނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒުކޮށްފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ސަރުކާރާއި އެ ސިނާއަތުގެ ޚިދުމަތްތެރިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު 3 ލައްކައަށްވިޔަފާރި | 11 ދުވަސް ކުރިންގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާވިޔަފާރި | 13 ދުވަސް ކުރިންފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 15 ދުވަސް ކުރިން