logo
ކުޅިވަރު

ނޭމާ އަލުން އެނބުރި ބްރެޒިލްގެ ސަންޓޯސް އަށް

އަބްދުﷲ ޣާނިމް
20 ޖެނުއަރީ 2025 - 11:56
ނެމާ އަލުން އެނބުރި ބްރެޒިލްގެ ސަންޓޯސް އަށް ދިޔުމުގެ މަގުމަތީގައި ވާކަމަށް ރިޕޯޓްތައް ބުނޭ. ފޮޓޯ: ގޯލް.
ނެމާ އަލުން އެނބުރި ބްރެޒިލްގެ ސަންޓޯސް އަށް ދިޔުމުގެ މަގުމަތީގައި ވާކަމަށް ރިޕޯޓްތައް ބުނޭ. ފޮޓޯ: ގޯލް.

ސައުދީ އަރަބިއްޔާގެ އަލް-ހިލާލްގެ ބްރެޒިލްގެ ސްޓާރ ކުޅުންތެރިޔާ ނެއިމާ ޖޫނިއަރ އޭނާގެ ކެރިއަރު ފެށި ކްލަބް، ބްރެޒިލްގެ ސެންޓޯސްއަށް އެނބުރި ދިއުމުގެ މަގުމަތީގައިވާ ކަމަށް ރިޕޯޓުތަކުން ބުނަންފަށައިފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

2023 ވަނަ އަހަރުގެ އޮގަސްޓް މަހު އަލް-ހިލާލްއާ ގުޅުނު ނޭމާއަށް، އެ އަހަރުގެ އޮކްޓޯބަރު މަހު އޭސީއެލް އަށް އަނިޔާވެ ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރުމަށްފަހު، ކުޅުމުގެ ތެރެއަށް މިދިޔަ ނޮވެމްބަރ މަހުގައި އައިސް ދެމެޗު ކުޅުމަށްފަހު އަނެއްކާވެސް ވަނީ އަނިޔާވެ ކުޅުމާއި ދުރުގައެވެ. އަންނަ ޖޫން އަށް ނޭމާގެ އަލް-ހިލާލް ގެ އެއްބަސްވުން ހަމަވާއިރު، އަލް-ހިލާލް އިން އެއްބަސްވުން އާނުކުރާނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

 

އެހެންކަމުން މި ޖަނަވަރީ މަހުގައި ސެންޓޯސްއަށް ލޯނު އުސޫލުން ބަދަލުވުމަށް އެދި އެ ކްލަބުން ވަނީ އަލް-ހިލާލްއަށް ހުށަހަޅާފައެވެ. އަނިޔާގެ ސަބަބުން މި ސީޒަނުގެ ބާކީ ދުވަސްތަކުގައި އަލް-ހިލާލްގެ އިންޓަރނޭޝަނަލް މުބާރާތްތަކުން ނޭމާގެ ނަން ވަނީ އުނިކޮށްފައެވެ. އެހެންކަމުން ކޮންޓިނެންޓަލް މުބާރާތްތަކުގައި ނުކުޅެވުމާއެކު، ސީރިއަސް އިންޖަރީއަކުން އަރައިގަތުމަށްފަހު ކުޅުމުގެ ފޯމާއި ޖޯޝް އަލުން ހޯދުމަށް މިދުސްކޮޅުގައި ނޭމާ ގެ އުފަން ޤައުމުގައި ކުޅުމަކީ މުހިންމު ކަމެއްކަމުގައި ނޭމާ ދެކެއެވެ.

 

2017 ވަނަ އަހަރު 222 މިލިއަން ޔޫރޯގެ ރެކޯޑު އަގަކަށް ޕެރިސް ސެއިންޓް-ޖަރމަންއަށް ބަދަލުވުމުގެ ކުރިން ނެއިމާގެ ކެރިއަރު ފެށިގެން ދިޔައީ ސެންޓޯސްގައެވެ. މިހާރު އެމެރިކާގެ ބައެއް ކްލަބުތަކުންވެސް ނެއިމާއަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޑަލް ނޭމާ އާއި އެއްގޮތަށް ޔަމާލް ޅަފަތުގައި ދަނޑުބޭރުން ގޯލުޖަހަން ފަށައިފިކުޅިވަރު | 13 ދުވަސް ކުރިންނޭމާއަށް ކޮވިޑް ޖެހިއްޖެކުޅިވަރު | 3 މަސް ކުރިންމެސީ އާއި މަރަޑޯނާ ކޮޕީކުރަން ހަދައިގެން ނޭމާ ރަތްކާޑުދައްކައި ފޮނުވާލައިފިކުޅިވަރު | 3 މަސް ކުރިންނޭމާ އަށް އަނެއްކާވެސް އަނިޔާވެއްޖެކުޅިވަރު | 5 މަސް ކުރިން