logo
Bank of Maldives

Bank of Maldives

ދުނިޔެ

ޓްރަމްޕް ހުވާކުރަށްވައިފި، ރައީސް މުޢިއްޒުގެ ތަހުނިޔާ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ޖެނުއަރީ 2025 - 17:15
ޓްރަމްޕް ހުވާކުރަށްވައިފި، ރައީސް މުޢިއްޒުގެ ތަހުނިޔާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރަށްވައިފިއެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ ދެ އިންޖީލެއްގެ މައްޗަށް ހުވާކުރައްވާފައެވެ. އޭގެ ތެރެއިން އެއް އިންޖީލަކީ އޭނާގެ މަންމަ ދެއްވި އިންޖީލެވެ. އަނެއް އިންޖީލަކީ ލިންކަން އިންޖީލެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑޮނަލްޑް ޓްރަމްޕް އޭނާގެ ރައީސްކަމުގެ ވާހަކަ ފަށްޓަވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެހެން ރައީސުންނާއި އެހެނިހެން ފަރާތްތަކަށް މުޚާޠަބުކުރައްވަމުންނެވެ. މީގެ ތެރޭގައި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސްއާއި ކުރީގެ ރައީސް ޖޯ ބައިޑަން ހިމެނެއެވެ.

"އެމެރިކާގެ ރަން ޒަމާން ފެށެނީ މިހާރުއެވެ،" އޭނާ ވިދާޅުވިއެވެ. "މިއަދުން ފެށިގެން، އަޅުގަނޑުމެންގެ ޤައުމު ކުރިއަރައި، އިޙްތިރާމް ލިބިގަންނާނެއެވެ. އަޅުގަނޑު ވަރަށް ސާދާކޮށް އެމެރިކާ އެންމެ އިސްކަމެއް ދޭނަމެވެ." ޓްރަމްޕް އޭނާގެ ވާހަކަ ކުރިއަށް ގެންދަވަނީ އެމެރިކާއަށް އޭނާގެ ވިޝަން ބަޔާންކުރައްވަމުންނެވެ.

"އަޅުގަނޑުމެންގެ މިނިވަންކަން އަނބުރާ ހޯދާނަން، އަޅުގަނޑުމެންގެ ރައްކާތެރިކަން އަލުން ގާއިމުކުރެވޭނެ، އިންސާފުގެ ތިލަފަތް އަލުން ހަމަހަމަކުރެވޭނެ،'' ޓްރަޕް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އަނިޔާވެރި، ރަހުމުކުޑަ އަދި ނުއިންސާފު ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް ޓްރަމްޕްގެ ޚިޠާބުގައި ވިދާޅުވެފައެެވެ.

ޓްރަމްޕް، އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

"އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި މަޤާމާ ހަވާލުވުމާ ގުޅިގެން ރައީސް ޓްރަމްޕް އަށް މަރުޙަބާ ދަންނަވަމެވެ. ރައީސްގެ މަރުޙަބާގެ މެސެޖުގައި ވަނީ ދުނިޔެ ނުރައްކާތެރި ހަލަބޮލިކަމަކާއި ޔަޤީންކަން ނެތް ޙާލަތެއްގައި އޮތް މި ދަނޑިވަޅުގައި އެމެރިކާގެ ރައީސްކަމާއި ޓްރަމްޕް ހަވާލުވެވަޑައިގަންނަވާއިރު، އެމަނިކުފާނަށް ޙިކުމަތްތެރިކަމާއި ކެތްތެރިކަން ލިބުމަށް އެދި ދުޢާ ދަންނަވާފައެވެ.

'' ދުނިޔޭގެ ސުލްޙައަށްޓަކައި އަޅުގަނޑުމެންގެ މަޤްޞަދުތައް ކުރިއެރުވުމަށާއި، މި ދައުރުގައި އަޅުގަނޑުމެންގެ ދެމެދުގައި ކުރިއްސުރެ އޮތް، ދެފަރާތަށްވެސް ފައިދާހުރި ގުޅުން އިތުރަށް ހަރުދަނާކުރުމަށް އާ އިދާރާއާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެ އިންތިޒާރުކުރަމެވެ." ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފަވެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ކުޅިވަރުގެ އާއިލާ ހެއްވާލަދީފި. މި ސަރުކާރުން ހުރިހާ ކަމަކަށް ހައްލު ގެނެސްދެއްވާނެ. : މެމްބަރު އަލީ އިބްރާހިމްކުޅިވަރު | 16 ގަޑިއިރު ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންމި މުރާލިކަމާއި އޯގާވެރިކަން ، ގަދަ ކަނޑުގައި، ބާރު އަވީގައި ބޯވާރޭގައި ވެސް ޚިދުމަތުގައިރިޕޯޓް | 2 ދުވަސް ކުރިންބަނޑުހައިހޫނުކަމުގައި އުޅޭ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބައިވާން ޖެހޭ: ފަސްޑް ލޭޓީޚަބަރު | 3 ދުވަސް ކުރިން