logo
Bank of Maldives

Bank of Maldives

ޚަބަރު

އިވުމުން މަހުރޫމުވެފައިވާ މީހުންނަށް ކުއްލި ހާލަތްތައް އަންގައިދޭ ނިޒާމުތައް ފްލެޓްތަކުގައި ހަރުކުރަނީ

އަޙުމަދު ރަފީޢު
18 ސެޕްޓެމްބަރު 2026 - 07:17
އަޑުއެހުމުން މަހުރޫމްވެފައިވާ ދެމަފިރިން ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އަޑުއެހުމުން މަހުރޫމްވެފައިވާ ދެމަފިރިން ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުއްލި ހާލަތްތަކުގައި އަންގައިދޭންޖެހޭ އެންގުންތައް ފަސޭހައިން އެންގޭނެ ގޮތްތަކެއް ފްލެޓްތަކުގައި ހަމަޖައްސާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމަށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ ގޮތުން، ވަކިވަކި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވި، އަޑުއެހުމުން މަހުރޫމުވެފައިވާ ދެމަފިރިއެއްގެ ޝަކުވާއަކާ ގުޅިގެން ދެއްވެވި ޖަވާބުގައެވެ.

 

އެނދުމަތިވެފައިވާ ބަލި ބައްޕައެއް ބަލަމުން އަންނަ އެ ދެމަފިރިން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެމީހުން ދިރިއުޅޭ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވުމުން އެމީހުންނަށް އެކަން އެނގޭނެ ގޮތެއް ނެތުމަކީ ބިރުވެރިކަމެއް އޮތް މައްސަލައެއް ކަމަށެވެ.

 

"އަލިފާނުގެ ހާދިސާއެއް ނުވަތަ އެކަހަލަ ކަމެއް ދިމާވެއްޖިއްޔާމު ތިމަންނަމެންނަކަށް އަޑެއް ނީވޭ ކަމެއް ދިމާވާއިރުގައި އެކްސެބިލިޓީ ފްލެޓް ތެރޭގައި ނުހުންނާތީ. އާންމު ގޮތެއްގައި ފްލެޓްތެރޭގައި ލައިޓް ދިއްލޭނެ އެކަހަލަ އިވެކުއޭޝަން ހާދިސާއަކަށް އަންނައިރުގައި. އެކަމަކު އަޝްފާގުމެންނަށް އަޑުނީވޭތީ ފްލެޓްގައި އެކަހަލަ އެއްވެސް ކަހަލަ އެމަޖެންސީ ހާލަތެއްކަން އަންގައިދޭ ބޮކި ދިއްލުން ނޫނީ މިސާލަކަށް ނިވުން އަޑުނީވޭތީވެ، މިކަހަލަ އެއްވެސް ވިޒުއަލް އެކްސެބިލިޓީއެއް ނުހުންނާތީވޭ ވަރަށް ހާސްވޭ މިހާރު މިދިމާވާ ކަންތައްތަކާ ގުޅިގެން،" އެމްއޭސީއެލްގައި ވެލްޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ތިން ކުދިންގެ ބައްޕަ ބުންޏެވެ.

 

އިޝާރާތުގެ ބަހުގެ ތަރުޖަމާނެއްގެ އެހީއާ އެކު އެ މީހުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރަމުން އެ ދެމަފިރިން ބުނީ އެ މީހުންނަށް ލިބިފައިވާ ތިން ކުދިންނަށް އަޑުއިވޭ ކަމަށެވެ. އެކަމަކު އެ ކުދިންގެ ސްކޫލުގައި ބާއްވާ ބެލެނިވެރިންގެ ބައްދަލުވުންތަކުގައި ދަރިންގެ ކިޔެވުމާ ގުޅޭގޮތުން އެނގެން ބޭނުންވާ މައުލޫމާތު ލިބޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އެގޮތަށް ދިމާވަނީ ސްކޫލުތަކުގައި އިޝާރާތުގެ ބަހުގެ ތަރުޖަމާނުން ނެތުމުން ކަމަށާއި އެއީ ހައްލުވާންޖެހޭ މައްސަލައެއް ކަމަށެވެ. ހޮސްޕިޓަލްތަކުން ބޭނުންވާ ރަނގަޅު ޚިދުމަތްތައް ލިބޭނީ އިޝާރާތުގެ ބަހުގެ ތަރުޖަމާނުން ތިބެގެން ކަންވެސް ފާހަގަކޮށްފައިވެ އެވެ.

 

"[ބެލެނިވެރިންގެ] މީޓިންތަކުގައި އިދެއިދެފައި އަންނަން މިޖެހެނީ. ޓީޗަރު ހަމައެކަނި ވޮއިސް މި ބޭނުންކުރަނީ. އައްޑަސްޓޭންޑެއް ނުވޭ ކިޔާ އެއްވެސް އެއްޗެއް،" ދަރިންގެ ކިޔެވުމުގެ ހާލަތު ނޭނގޭތީ ކަންބޮޑުވެފައި އިން ކުދިންގެ ބައްޕަ ބުންޏެވެ.

 

އަޑުއިވުމުން މަހްރޫމުވެފައިވާ އަޝްފާގު ނަމަކަށް ކިޔާ މީހާ ބުނީ މަސައްކަތްތެރިކަމާއި ފަންނީ ކޯސްތައް ހިންގަމުންދާ ޕޮލިޓެކްނިކްގައި އޭނާ ފަދަ މީހުންނަށް ކޯސްތައް ހިންގާ ކަމަށެވެ. އެކަމަކު އެފަދަ ކޯސްތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އިޝާރާތުގެ ބަހުން ކިޔައިދޭން އެނގޭ މީހުން ނެތުން ކަމަށެވެ. އެހެންވެ އޭނާ ފަދަ އެތައް ބަޔަކަށް ކިޔެވުމުގައި އިތުރަށް ކުރިއަށް ނުދެވި ވަޒީފާގައިވެސް ކުރިއެރުން ހޯދުމުގައި ދަތިތައް ހުރި ކަމަށެވެ.

 

ދެމަފިރިންގެ ކަންބޮޑުވުންތަކަށްފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން އަލަށް ތަރައްގީކުރާ ފްލެޓްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ކުއްލި ނުރައްކަލުގެ ހާލަތްތައް ފަސޭހައިން އެނގޭފަދަ ޒަމާނީ ނިޒާމުތައް ގާއިމުކޮށްފައިވާ ތަންތަނަށް ހަދާނެ ކަމަށެވެ. މީގެއިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ދޫކުރާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ވީހާވެސް ތިރީ ފަންގިފިލާއަކުން ފްލެޓް ލިބޭނެ ގޮތް ހަދައި، ދިރިއުޅުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިވުމުން މަހުރޫމުވެފައިވާ މީހުންނަށް ބޮޑު ލުޔެއް ހޯދައިދެނީޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީން ރައްޔިތުންގެ ކަރަށް މަހާލި އިތުރު މަޅިއަކުން ސަލާމަތްކޮށްދިން މި ސަރުކާރަށް ޝުކުރު ޙައްޤުރިޕޯޓް | 2 ގަޑިއިރު ކުރިންބޭނުންވަނީ ސަރުކާރު މުވައްޒަފުންނަށް ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް ޚަބަރު | 13 ގަޑިއިރު ކުރިންމި ސަރުކާރުން އިމާރާތް ކުރާ ފްލެޓްތައް ދޫކުރާއިރު އެއްވެސް ނުފޫޒެއް ނޯންނާނެ: ރައީސްޚަބަރު | 13 ގަޑިއިރު ކުރިން