logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އުނގޫފާރުގައި ވެސް އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
22 ޖެނުއަރީ 2025 - 06:34
ރާއްޖޭގެ ޕާސްޕޯޓު: ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް -- ފޮޓޯ: އައްޑޫ އެމްވީ
ރާއްޖޭގެ ޕާސްޕޯޓު: ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް -- ފޮޓޯ: އައްޑޫ އެމްވީ

ރ. އުނގޫފާރުން އައިޑީ ކާޑު ޕްރިންޓުކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ.

މުޅި ރާއްޖެއަށް ޕާސްޕޯޓު އަދި އައިޑީ ކާޑުގެ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން އެ ޚިދުމަތް އުނގޫފާރުގައި ފެށީ، ރ. އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރޭ ބޭއްވި ޙަފުލާގައި ރ. އަތޮޅުން ޕާސްޕޯޓު އަދި އައިޑީކާޑު ލިބުމުގެ ޚިދުމަތް އެމަނިކުފާނު އިފްފިތާޙްކޮށްދެއްވިއިރު، މިއަދުން ފެށިގެން "އިމުގާ" މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް، ރ. އުނގޫފާރުން ނެގުމުގެ އިންތިޒާމު ހަމަޖެހިފަިއވާ ކަމުގައި އިމިގްރޭޝަނުން ބުނެއެވެ.

 

 އައިޑީ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް އިފްތިތާޙްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެ މަސައްކަތުގެ ދަށުން، މާލެ ސަރަހައްދުގެ އިތުރުން، ލ. އަތޮޅާއ، ދ. އަތޮޅުން ވެސް ޕާސްޕޯޓާއި އައިޑީކާޑު ލިބޭނޭ ގޮތް މިހާރު ވަނީ ފަހިކޮށްފައެވެ. އެ ޚިދުމަތްތައް ފަށައިފައިވަނީ ވެސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިޚަބަރު | 23 ދުވަސް ކުރިންފަހު ދިހައެއްގައި އިމިގްރޭޝަނުން ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފިޚަބަރު | މަހެއް ކުރިންގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ އެކަނިވެސް 60 ބިދޭސީއަކާ ސުވާލުކޮށްފިޚަބަރު | މަހެއް ކުރިންގަވާއިދާ ހިލާފަށްއުޅުނު 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމެދަށަށްޚަބަރު | 2 މަސް ކުރިން