logo
ކުޅިވަރު

ޗެންޕިއަންސް ލީގު: ޗެމްޕިއަން ރެއަލް މެޑްރިޑް ސޯލްޒްބާގް އަތުން މޮޅުވެ، ގަދަ 16 ނޮކްއައުޓް ރައުންޑާއި ގާތަށް

އަބްދުﷲ ޣާނިމް
23 ޖެނުއަރީ 2025 - 08:54
ރެއާލް މެޑްރިޑް ގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: އިމޭޖެސް.އެމް.ވީ
ރެއާލް މެޑްރިޑް ގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: އިމޭޖެސް.އެމް.ވީ

ޔުއޭފާ ޗެންޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެންޕިއަން ރެއަލް މެޑްރިޑް އާއި އޮސްޓްރިއާގެ ޗެންޕިއަން ސޯލްޒްބާގް އާއި ބައްދަލުކުރިމެޗުން މެޑްރިޑް މޮޅުވެ، ޗެންޕިއަންސް ލީގުގެ ގަދަ 16 ގެ ނޮކްއައުޓް ރައުންޑާއި ފިޔަވަޅަކާއ ގާތަށް ޖެހިލައިފިއެވެ. މިމެޗު މެޑްރިޑުން ކާމިޔާބުކުރީ 5-1 އިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

 މެޗުގައި ރެއަލް މެޑްރިޑްގެ ފަރާތުން ފުރަތަމަ ހާފުގައި ރޮޑްރިގޯ ދެ ލަނޑު ޖަހައި، މެޗުގެ ކޮންޓްރޯލް ހޯދިއެވެ. ދެވަނަ ހާފުގައި 43 ވަނަ މިނެޓުގައި އެމްބާޕޭ އިތުރު ލަނޑެއް ޖެހިއިރު، ވިނިސިއަސް ޖޫނިއަރ ވަނީ ދެ ލަނޑު ޖަހާފައެވެ. މީގެ ތެރެއިން އޭނާގެ ފުރަތަމަ ލަނޑަކީ ރެއަލް މެޑްރިޑްގެ ޖާޒީގައި އޭނާ ޖެހި 100 ވަނަ ލަނޑެވެ.

 

މިސީޒަނުގެ ކުރީކޮޅު ލެންޕިއަންސް ލީގުގައި ވިދިވިދިގެން ދެ މެޗުން ބަލިވުމަށްފަހު، ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު އޮތް ނަމަވެސް، މި މެޗުން މޮޅުވުމާއެކު ރެއަލް މެޑްރިޑް ވަނީ އެ ނުރައްކާ ފިލާފައެވެ. އެހެންނަމަވެސް ޓޮޕް 8 ގެ ތެރެއަށް ވަނުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ބެލެވެއެވެ.

 

މި މެޗުގައި ސޯލްޒްބާގްގެ ފަރާތުން މަޑްސް ބިޑްސްޓްރަޕް ލަނޑެއް ޖެހި ނަމަވެސް، އެއީ ހަމައެކަނި ކޮންސޮލޭޝަން ލަނޑެކެވެ. މިއީ ސޯލްޒްބާގް، ޗެމްޕިއަންސް ލީގުގެ ޑިފެންޑިންގ ޗެމްޕިއަނާ ދެކޮޅަށް ކުޅުނު 7 ވަނަ މެޗެވެ. އަދި 7 ވަނަ ފަހަރަށްވެސް އެ ޓީމް ވަނީ ބަލިވެފައެވެ.

 

ރޭގެ މޮޗުނެ މޮޅުވުމާއެކު މެޑްރިޑް އޮތީ ތާވަލުގެ 16 ވަނައިގައެވެ. އަދި ސޯލްޒްބާގް އޮތީ މުބާރާތުން ކަޓާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅުކުޅިވަރު | 5 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 8 ދުވަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 10 ދުވަސް ކުރިންރެއާލްގެ އެނބުރިއައުން މާބޮޑު ތަފާތެއް ނުފެނޭ، ޕެނަލްޓީއަކުން ތިން ޕޮއިންޓްކުޅިވަރު | 16 ދުވަސް ކުރިން