logo
MPL

MPL

ކުޅިވަރު

ފަހުވަގުތު ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލާއެކު ޔޫރޮޕާލީގުގެ ގަދަ 8 ގެ ޖާގަ ޔުނައިޓެޑުން ޔަޤީންކުރުމާގާތަށް

އަބްދުﷲ ޣާނިމް
24 ޖެނުއަރީ 2025 - 06:44
މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު
މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު

 މެޗުގެ އިތުރު ވަގުތުގެ 2 ވަނަ މިނެޓުގައ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލުން މެންޗެސްޓަރ ޔުނައިޓޭޑު މޮޅުވެ، ޔުއޭފާ ޔޫރޮޕާ ލީގުގެ ގަދަ 8 އިން ޖާގަހޯދުމާއި ގާތަށް ޔުނައިޓެޑު ޖެހިލައިފިއެވެ. އޯލްޓްރެފޯޑްގައި ސްކޮޓްލޭންޑް ގެ ރޭންޖަރސް އާއި ދެކޮޅަށް ކުޅުނު މިމެޗު ޔުނައިޓެޑު ކާމިޔާބުކުރީ 2-1 އިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ބޮޑުބައެއް ޔުނައިޓެޑުން ކޮންޓްރޯލްކޮށްގެން ކުޅުނު މިމެޗުގައި ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކުން ގޯލެއް ނުޖެހިއެވެ. ދެވަނަ ހާފުގައި 52 ވަނަ މިނެޓުގައި ޔުނައިޓެޑުން ކާމިޔާބުކުރި މެޗުގެ ފުރަތަމަ ގޯލަކީ ޔުނައިޓެޑަށް ލިބުނު ކޯނަރެއްގައި ރޭންޖަރސް ގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް މެޗުގެ 88 ވަނަ މިނެޓުގައި ރޭންޖަރސްގެ ނައިޖީރިއާގެ ފޯވާޑް ޑެސަރސް ވަނީ ގޯލުޖަހައި ނަތީޖާ ހަމަކޮށްފައެވެ. ޔުނައިޓެޑު މޮޅުކޮށްދިނީ ފަހު ވަގުތުގައި ބްރޫނޯ ޖެހި ގޯލުންނެވެ.

 

ރޭގެ މޮޅާއެކު ޔުނައިޓެޑު އޮތީ ކުޅުނު 7 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައިގައެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ޔުނައިޓެޑު ވާދަކުރަންޖެހޭނީ ރޮމޭނިއާގެ އެފް.ސީ.އެސް.ބީ އާއި ދެކޮޅަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑް ބޮކި ޖަހާފައި އަޑިއަށް، ރެލިގޭޓްވުން ހުއްޓުވޭނެ މަގެއް އަދި ނުފެނޭކުޅިވަރު | 21 ގަޑިއިރު ކުރިންރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 5 ދުވަސް ކުރިންފަހަތުން އަރައި ޔުނައިޓެޑް މޮޅުވެ، ހާލުގައި ޖެހިފައި އޮތް ޔުނައިޓެޑް އަށް މުހިންމު މޮޅެއްކުޅިވަރު | 6 ދުވަސް ކުރިންޔުނައިޓެޑުން 38 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ކުޅުނު ނުވަމެޗުން މޮޅުނުވެ، ލަދުވެތި ރެކޯޑެއް ޤާއިމުކޮށްފިކުޅިވަރު | 10 ދުވަސް ކުރިން