logo
Bank of Maldives

Bank of Maldives

ޚަބަރު

27 މީހަކު އުމްރާއަށް ގެންދަން ދިން ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި، އަލްމަޝްއަރްގެ މައްޗަށް ދައުވާ ކުރަނީ

ސުދާ ލަތީފް
25 ޖެނުއަރީ 2025 - 10:27
އުމްރާވެރިންތަކެއް
އުމްރާވެރިންތަކެއް

27 މީހަކު އުމްރާއަށް ގެންދިޔުމަށް ކަމަށް ބުނެ، އެ މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކޮށްދިނުމަށް، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޢުމްރާއަށް ގެންދާނެ ކަމަށް ބުނެ 27 މީހެއްގެ އަތުން 50،000 އަށް ވުރެ ގިނަ ރުފިޔާ ނެގި އަލްމަޝްއަރުގެ މައްޗަށް، މަކަރާ ހީލަތުން ފައިސާ ހޯދައި، ފައިސާއަށް ޚިޔާނަތްތެިރވި މައްސަލަގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ މައްސަލައިގައި ދައުވާކުރަނީ އެ ކުންފުނީގެ ވެރިޔާ ކ.މާލެ / މ. ހަވީރީފިނި ޢަލީ ފާރިޝްގެ މައްޗަށާއި، ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށް ވެސް ކަމުގައި ފުލުހުން ބުންޏެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވެސް، މަޝްއަރު ޓުއާސް އިން 56 މީހަކު ޢުމްރާއަށް ދިޔައިރު، އެ މީހުންގެ ތެރެއިން 48 މީހަކަށް އުމްރާއިން އެނބުރި މާލެއަށް ނާދެވި މައްކާގައި ތާށިވިއެވެ. އެގޮތުން އެކަން މެދުވެރިވީ، އެ ޓުއާސްގައި ޢުމްރާއަށް ދިޔަ ގިނަ ފަރާތްތަކަށް މަޝްއަރުގެ ފަރާތުން ނަގައިދިނީ، ހަމައެކަނި އެއްކޮޅު ޓިކެޓަށް ވުމުންނެވެ.

އެ މައްސަލަ ފެންމަތިވުމާއެކު، އެ މައްސަލަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަލަން ފެށިއިރު އެކަމާ ގުޅިގެން އޭރު ވުޒާރާއިން ބުނި ގޮތުގައި، އަލް މަޝްއަރު ޓުއާސް އިން ޢުމްރާއަށް މީހުން ގެންދިޔައީ އެ ވުޒާރާގެ ހުއްދަ ނެތިއެވެ.

އަދި އެ ކުންފުނީގެ ވެރިޔާ ކަމުގައިވާ އަލީ ފާރިޝްއަކީ އެ ވުޒާރާއިން އޭގެ ކުރިން ވެސް، ހުއްދަ ބާތިލްކޮށްފައިވާ އެހެން ކުންފުންޏެއް ކަމުގައިވާ އަލް މަޝްއަރު ޙައްޖު އެންޑް އުމްރާ ކުންފުނީގެ ވެރިޔާ ކަމުގައި ވެސް އޭރު ވުޒާރާއިން ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށްރަށުގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 12 ގަޑިއިރު ކުރިންރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރާނެޚަބަރު | 9 ދުވަސް ކުރިންރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދު ކުރާނެޚަބަރު | 10 ދުވަސް ކުރިންޒަކާތާގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީޚަބަރު | މަހެއް ކުރިން