logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމީ ތަރައްގީ ޕްލޭން ރާވައި ހިންގުމަށް ސްޕެޝަލިސްޓެއް ހޯދަނީ

ސުދާ ލަތީފް
26 ޖެނުއަރީ 2025 - 10:07
 20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭން އިފްތިތާހު ކުރުން/ ފޮޓޯ:ވަގުތު އިމޭޖަސް
20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭން އިފްތިތާހު ކުރުން/ ފޮޓޯ:ވަގުތު އިމޭޖަސް

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރާވައި ހިންގުމަށް ނޭޝަނަލް ޕްލޭނިންގ ސްޕެޝަލިސްޓެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން އިޢުލާންކޮށްފިއެވެ.

މި މަޤާމަށް މީހަކު ހޯދަނީ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް އިސްކޮށް ހިންގައި ކޯޑިނޭޓްކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން ކުރި އިއުލާނެއްގައި ޕްލޭނިންގ ސްޕެޝަލިސްޓްގެ މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ. މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ބެން ހުންނާނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ހުރިހާ ރައްޔިައްޔިތުން ޝާމިލުވެގެން 20 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

މި ޕްލޭން އެކުލަވާލުމުގެ މަޤްޞަދަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި ޕްލޭން ފުރިހަމައަށް ތަންފީޛުކުރެވިއްޖެނަމަ، ރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ގިންތިކުރެވިގެންދާނެއެވެ. ނަމަވެސް މިކަން ހާސިލުކުރެވޭނީ އެކުވެރިކަމާއެކު ޤައުމީ ވިސްނުމެއްގައި އެންމެން މަސައްކަތްކޮށްގެން ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.

މި ޕްލޭން އެކުލަވާލުމުގައި ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށާއި، ބޭރުގެ ތަޖުރިބާކާރުންވެސް ބައިވެރިކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ދިވެހިން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ކުރީކޮޅު މަސައްކަތް ނިންމައި ޢަމަލުކުރަން ފެށުމަށް ރޭވިފައިވާ ކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަކީ މި ޕްލޭން އެކުލަވާލުމުގެ މަޤްޞަދެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި ޕްލޭން ފުރިހަމައަށް ތަންފީޛުކުރެވިއްޖެނަމަ، ރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ގިންތިކުރެވިގެންދާނެއެވެ. ނަމަވެސް މިކަން ހާސިލުކުރެވޭނީ އެކުވެރިކަމާއެކު ޤައުމީ ވިސްނުމެއްގައި އެންމެން މަސައްކަތްކޮށްގެން ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.

މި މަޤާމަށް ހޮވޭ ފަރާތުން 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިސްކޮށް ހިންގައި، ކޯޑިނޭޓްކުރުމުގެ މުހިންމު ދައުރެއް އަދާކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަގީގަތް އޮޅޭގޮތަށް ވާހަކަ 'ޓްވިސްޓް' ކުރަން މަސައްކަތް ނުކުރައްވާ: މިނިސްޓަރު ސައީދުޚަބަރު | 3 ގަޑިއިރު ކުރިންއަސާސީ ބޭނުންތަކަށް ތަކެތި ގެނައުމަށް ޑޮލަރު ވިއްކި މިންވަރު ފުރަތަމަ ކުއާޓަރުގައި %142 އިތުރުވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންރައީސަށް ދޮގު ތުހުމަތުކުރާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީޚަބަރު | 17 ގަޑިއިރު ކުރިންވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 21 ގަޑިއިރު ކުރިން