logo
Bank of Maldives

Bank of Maldives

ޚަބަރު

އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ވިޔަފާރި ކުރަމުންދިޔަ އިތުރު ތަނަކުން ބިދޭސީންތަކެއް އަތުލައިފި

ސުދާ ލަތީފް
26 ޖެނުއަރީ 2025 - 11:25
އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ވިޔަފާރި ކުރަމުންދިޔަ  އިތުރު ތަނަކުން ބިދޭސީންތަކެއް އަތުލައިފި

އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ވިޔަފާރި ކުރަމުންދިޔަ އިތުރު ތަނަކުން ބިދޭސީންތަކެއް އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ އޮޕަރޭޝަނުގެ ދަށުން އިއްޔެއާއި މިއަދު ޓާސްކު ފޯހުން މާލޭގައި ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 05 ބިދޭސީއަކު ވަނީ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އެތަނަކީ ވެސް އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ސާފުތާހިރުކަމެއްނެތި ބިދޭސީން އުޅެމުންދިޔަ ތަނެއްކަމަށާއި އެތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ބަލައި ފާސްކޮށް 13 ބިދޭސީއަކު މީގެ ކުރިންވެސް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހައްޔަރުކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ މިމަހުގެ 23ވަނަ ދުވަހު ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މިތަނުގައި އުޅެމުންދިއަ 13 ބިދޭސީއަކު ވަނީ ބެލުމުގެ ދަށަށް ގެނެސްފައިކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވަނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަކުރެވޭތީ، އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ މިފަދަ ސަރަހައްދުތައް މޮނިޓަރކުރަން ފަށާފައެވެ.

އަދި އާއްމު މަސްލަހަތައް ނުރައްކާވާފަދަ މިފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށްޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އިމިގްރޭޝަނުން ވަނީ މި ހަރަކާތްތައް ކުރިއަށްދާއިރު ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މަސައްކަތް ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް އެކެއް ރުއްގަނޑު ސަރަހައްދުން 5 ބިދޭސީން ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންބައު ދަނގަނޑުގެ ވިޔަފާރިކުރި 14 ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިންއިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު 900 އަށް ވުރެން ގިނަ ޕާސްޕޯޓް ދޫކުރިޚަބަރު | 8 ދުވަސް ކުރިންމިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިޚަބަރު | 9 ދުވަސް ކުރިން