logo
Bank of Maldives

Bank of Maldives

ޚަބަރު

އެޗްއާރުސީއެމްގެ ނައިބު ރައީސް އަކަށް މޫމިނާ

އަޙްމަދު ޒަލީފް
26 ޖެނުއަރީ 2025 - 12:41
އެޗްއާރުސީއެމްގެ ނައިބު ރައީސް އަކަށް މޫމިނާ

އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް މޫމިނާ އާދަމް މިއަދު އައްޔަނު ކުރައްވައިފި އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް މޫމިނާ އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަންއިން މާސްޓާސް ހާސިލުކުރައްވާފައިވާ މޫމިނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިކޮނޮމިކް މިނިސްޓްރީގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، ޓްރީޓޮޕްގެ ހިއުމަން ރިސޯސް މެނޭޖަރުގެ މަގާމުގެ އިތުރުން އެސިސްޓެންޓް މެނޭޖަރުގެ މަގާމު އޭނާ އަދާކުރެއްވި އެވެ.

އެޗްއާރުސީއެމަށް ނައިބަކު އައްޔަންކުރަން މަޖިލިހަށް ނަން ފޮނުވާފައިވަނީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާދެއްވުމުންނެވެ.

މޫމިނާ އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމުން ބާއްވާ ވީޑިއޯ މުބާރާތުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންއެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާގެ ނަން، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިޚަބަރު | 5 މަސް ކުރިން އެއްވެސް ދިރާސާއެއްގައި އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ނާހަން: އެޗްއާރްސީއެމްޚަބަރު | 6 މަސް ކުރިންއެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ ވަޒީރު ރަމީލާ އައްޔަންކުރަން ފާސްކޮށްފިޚަބަރު | 7 މަސް ކުރިން