2028 ވަނަ އަހަރުގެ ނޮވެމްބަރަށް 450 މެގަވޯޓު ޤާއިމުކުރަން ޖެހޭ - މިނިސްޓަރ
26 ޖެނުއަރީ 2025 - 13:10

2028 ވަނަ އަހަރު ނޮވެމްބަރަށް ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ބޭނުންވާ އެއަމާޒާ އެއްގޮތަށް ކަންކަން ކުރުމަށް ސަރުކާރުން މިހާތަނާށް ހެދި ދިރާސާތަކުން ޖުމްލަ 450 މެގަވޮޓް ޤާއިމްކުރަން ޖެހޭކަމަށް އެންވައިރަންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޠާރިގް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
މިނިސްޓަރ ޠާރިގް ވިދާޅުވީ ރަށްރަށުގައި ކުރިން އަޅާފައިވާ ކޭބަލް ނެޓްވޯކް ދުވަސްވުމުގެ ސަބަބުން ނެޓްވޯކްތައް ރަނގަޅުކުރަން ޖެހިފައިވާކަމަށާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ރަށްރަށުގެ ނެޓްވޯކްތައް ރަނގަޅުކޮށް ބެޓެރީ ސިސްޓަމްތައްވެސް ހަރުކުރަން ޖެހޭކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ ފަސް އަހަރު ދުވަހުގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މިނިސްޓަރު ޠާރިގް މިގެ ކުރިން ފާހަގަކުރެއްވިގޮތުގައި މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ހުރީ އެންމެ 53 މެގަވޮޓުކަމަށެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި މިހާރު އެއަދަދު 70 މެގަވޯޓަށް ވަނީ އިތުރުކޮށްފައެވެ.