logoEN
ޚަބަރު

އީސީއަށް އިމާރާތެއް ނުލިބުނު، ތަން ހުސްކުރަން ދިން މުއްދަތުވެސް ހަމަވެއްޖެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

26 ޖެނުއަރީ 2025 - 17:32

އިލެކްޝަންސް ކޮމިޝަން ހިންގާ ޕޯޓް ކޮމްޕްލެކްސް ހުސްކުރުމަށް އެމްޕީއެލްއިން ދީފައިވާ ތިން މަސް ދުވަހުގެ ނޯޓިސް މުއްދަތު ހަމަވިއިރުވެސް އިމާރާތެއް ލިބިފައި ނުވާ ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ.

އީސީ މިހާރު ހިންގަމުން އަންނަ އިމާރާތުގެ އިންސްޕެކްޝަނެއް ހެދުމަށް ފަހު ތިން މަސް ދުވަހުގެ ތެރޭގައި އެ ތަން ހުސްކުރުމަށް އެންގީ މިދިޔަ އޮކްޓޯބަރު މަސް ތެރޭގައެވެ. އެ މުއްދަތު މިިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވެފައިވާއިރު، އާ އިމާރާތެއް ހޯދުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އޮންލައިން މީޑިޔާއަކަށް މަޢުލޫމާތު ދެއްވަމުން އީސީގެ މެންބަރު ހަސަން ޒަަކަރިއްޔާ ވިދާޅުވީ އާ އިމާރާތެއް ހޯދުމަށް ކޮމިޝަނުން އިއުލާން ކޮށްފައިވާނެ ކަމަށާއި، ނަމަވެސް އެއީ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްކަމުން ފިނޭންސް މިނިސްޓްރީގައި އެދިގެން ޓެންޑާ އުސޫލުން ކުރިއަށް ގެންދިޔުމަށް އެދިފައިވާނެ ކަމަށެވެ.

އިމާރާތުގެ ހާލަތު ހުރި ގޮތުން އެތަން ވީހާވެސް އަވަހަށް ހުސްކުރުމަށް އެމްޕީއެލުން އީސީއަށް އަންގާފައިވާކަން ފާހަގަކުރައްވައި ޒަކަރިއްޔާ ވިދާޅުވީ އިމާރާތުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރެއް ލިބޭހާ އަވަހަށް އިމާރާތް ހުސްކުރަން ޖެހޭނެ ކަމަށެވެ.

އީސީގައި ގާތްގަނޑަކަށް 60 މުވައްޒަފުން މަސައްކަތް ކުރެއެވެ.

ކޮމެންޓް

871x217_placeholder