logo
E-Platinum
ޚަބަރު

ޑިމޮކްރެޓްސްގެ އައު ރައީސަކަށް އިމްތިޔާޒް ފަހުމީ އަދި ނައިބަކަށް މުޙައްމަދު ވަހީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ޖެނުއަރީ 2025 - 18:29
 ޑިމޮކްރެޓްސްގެ އައު ރައީސަކަށް އިންތި އަދި ނައިބަކަށް ވައްޑޭ ހޮވައިފި

ޑިމޮކްރެޓިކް ޕާޓީ އޮފް މޯލްޑިވްސް (ޑިމޮކްރެޓްސް)ގެ ރައީސްކަމުގެ މަޤާމަށް އެ ޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ހޮވައިފިއެވެ.

މީގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ހޮވިފައިވެއެވެ.

މިރޭ ބޭއްވި ޑިމޮކްރެޓްސްގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ދެ މަޤާމަށް ވޯޓު ނަގާފައިވާއިރު، މި ދެ މަޤާމަށް ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅަކު ކަމަށްވާތީ، ވާދައެއް ނެތި އިންތި އާއި ވައްޑޭ ހޮވުނީއެވެ. އިންތި ރައީސްކަމުގެ މަޤާމަށް ހޮވުނީ 34 ވޯޓުންނެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ ކުރީގެ ރައީސް ހަސަން ލަތީފް އިސްތިއުފާ ދެއްވައި އެމްޑީޕީއަށް އެނބުރި ވަޑައިގަތުމާ ގުޅިގެންނެވެ. އަދި ނައިބު ރައީސްގެ މަޤާމު ހުސްވެފައިވަނީ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ޕާޓީން ވަކިވުމާ ގުޅިގެންނެވެ.

މިރޭގެ ޖަލްސާގައި، ވަގުތީ ގޮތުން ރައީސްކަމުގައި ހުންނެވި ޕާޓީގެ ނައިބު ރައީސް އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ފިރުޝާން ވަނީ ޖަލްސާގެ ރިޔާސަތު އިންތިއަށް ހަވާލުކުރައްވާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގައި ''ފަނި''އެޅުމުން ކުރިމަގު ގެއްލި އާންމު މެމްބަރުން ދެވަނަ ވިސްނުމަކަށްރިޕޯޓް | މަހެއް ކުރިންކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ގެއްލުވާލާނަން - ފަލާޙް ޚަބަރު | 2 މަސް ކުރިންނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށްޚަބަރު | 2 މަސް ކުރިންކެޔޮގަނޑުގެ ފޫވައް ވައްޓާނުލެވި، އުނބަށް ޖެއްސެވީތޯ؟ރިޕޯޓް | 4 މަސް ކުރިން