logo
Bank of Maldives

Bank of Maldives

ޚަބަރު

ދެރަށެއްގެ ރޯދަ ހަދިޔާ ހިފައިގެން ދިޔަ ދޯންޏެއް ފަރަށް އަރައިފި

އަޙްމަދު ޒަލީފް
27 ޖެނުއަރީ 2025 - 13:59
ދެރަށެއްގެ ރޯދަ ހަދިޔާ ހިފައިގެން ދިޔަ ދޯންޏެއް ފަރަށް އަރައިފި

އަމިއްލަ ކުންފުންޏަކުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ ކާޑު ބަރުކޮށްގެން ގއ. ނިލަންދޫ އާއި އެ އަތޮޅު ދާންދޫ އަށް ދަތުރު ކުރި ދޯންޏެއް މިއަދު ފަރަށް އަރައިފި އެވެ.

ލިއޯ ޓްރޭޑިންއިން ރޯދަ މަހާ ދިމާކޮށް މި ދެ ރަށަށް ހަދިޔާ ކުރާ ހަނޑޫ، ހަކުރު، އަދި ފުށުގެ 1،070 އަށް ވުރެ ގިނަ ބަސްތާ ބަރުކޮށްގެން ދަތުރު ކުރި މި ދޯނި ފަރަހަށް އެރީ މިއަދުގެ ވަގުތެއްގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ލިއޯ ޓްރޭޑިންގެ ޗެއާމަން އަބްދުﷲ ސަވާދު ރޯދަ ހަދިޔާގެ ގޮތުގައި އެ ދެ ރަށަށް ފޮނުވާ ކާޑެވެ.

ފަރަށް އެރުމުން އެ ދޯނީގައި ހުރި ހުރިހާ ކާޑުތައް މޫދަށް ވެއްޓިފައިވާ ކަމަށް ގއ. ނިލަންދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ދޯންޏަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، މިހާރު އެ ދޯނި ފުން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ބަހާ ނިމިއްޖެޚަބަރު | މަހެއް ކުރިންމަސްދަޅު ކޭސް ނަގައިފިންތަ؟ މިއީ ފަހު ރޭ!ޚަބަރު | މަހެއް ކުރިންއަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވަން ފަށައިފިޚަބަރު | މަހެއް ކުރިންމާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށައިފިޚަބަރު | 2 މަސް ކުރިން