ނާގޯށި ތަރައްގީ ކުރަން ސަރުކާރުން އެހީވަނީ


28 ޖެނުއަރީ 2025 - 12:45
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދޫކޮށްފައިވާ ހދ. ނާގޯށި ތަރައްގީ ކުރުމަށް ބީއެމްއެލްގެ ފެސިލިޓީއެއް މެދުވެރިކޮށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފިއްލަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ހދ ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުން އެއަތޮޅުގެ ރައްޔިތުންނަށް އެކަމުގެ މަންފާ ކުރާނެ ކަމަށެވެ. ނާގޯއްޓަކީ އެމްޓީޑީސީއަށް 2006 ވަނަ އަހަރު ދޫކޮށްފައި އޮތް ރަށެއްކަމަށާ މިހާ ގިނަ ދުވަސް ވީއިރުވެސް އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައި ނުވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ވަރަށް އަވަހަށް ތަރައްގީވެގެން އަންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ފެސިލިޓީއެއް ހަމަޖެއްސުމުގެ ކަންތައް ކުރިއަށްދާ ކަމަށެވެ. އަދި އެރަށަކީ ހދ ގެ ރައްޔިތުންނަށާ މި ސަރަހައްދުގެ ރައްޔިތުންނަށް މުހިންމުވާނެ ރަށެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޓީީޑީސީއަށް އެ މަގު ފަހި ކޮށްދޭނަށް ފަހިކޮށްދީ އެ ރަށް ރިސޯޓެއްގެ ގޮތުގައި 2006 ވަނަ އަހަރު ދޫކޮށްފަ އޮތް ރަށެއް އަދިވެސް ނެހެދޭ އެހެން ނަމަވެސް އެކަން ނިމުމަކަށް ގެނެސްދީ އެރަށް އިރާދަކުރެއްވިއްޔާ ރިސޯޓެއްގެ ގޮތުގައި ސަރުކާރުން އެހީތެރިކަން ދީގެން ހުޅުވުން އެއީ މިހާރު އަމާޒަކީ އެކަންވެސް ކުރިއަށް ދާނެ.
މީގެ އިތުރުން ހއ އަދި ހދ ގައި އިތުރު ރަށްތައްވެސް ޓޫރިޒަމް ފުޅަ ކުރުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ހއ. ކެލާ ފަޅު ތެރޭގައި ދެ ރިސޯޓް ހަދާނެ ކަމަށާއި ހއ. ވަށަފަރުގައި ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިސޯޓު ހެދުމަށް އެމްޓީޑސީ އަށް ނާގޯށި ދިނީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2007 ވަނަ އަހަރު ރަޝިއާގެ ކުންފުންޏަކާ އެރަށް ވަނީހަވާލުކޮށްފަ އެވެ. ނާގޯށި އެމްޓީޑީސީ އަތުން 2016 ވަނަ އަހަރު އަތުލީ ރަށަށް ދައްކަން ޖެހޭ ކުލި ދައްކަމުން ނުދާތީ އެވެ.
އިތުރު ލިޔުންތައް

ފަތުރުވެރިކަން ޑައިވަސިފައިކުރުމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ކުރެވޭނެ
7 މަސް ކުރިން
ޕީކް ސީޒަނަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަން ފަށައިފި
7 މަސް ކުރިން
ސަރުކާރުގެ ނިންމުމަށް އެއްބާރުލުންދޭނަން: މަޓާޓޯ
7 މަސް ކުރިން