logo
Bank of Maldives

Bank of Maldives

ޚަބަރު

އުތީމުގައި ގައުމީ ބިނާތައް ތަރައްގީކުރުމަށް ގައުމީ މަޝްރޫއެއް ފަށާނަން: ރައީސް

ރަނާ އަޙްމަދު ފަޔާޒް
28 ޖެނުއަރީ 2025 - 12:47
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއަޒު އުތީމު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދެއްކެވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއަޒު އުތީމު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދެއްކެވުން

ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ގައުމީ ދުވަސް ގައުމީ ފެންވަރެއްގައި ހއ އުތީމުގައި ފާހަގަކުރައްވާނެކަމަށާ އުތީމު ގައުމީ ބިނާތަށް ތަރައްގީ ކުރުމަށް ގައުމީ މަޝްރޫއެއް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހއ އުތީމު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ގައުމީ ވިސްނުމެއްގައި ކުރެވިދާނެ ޕްރޮގްރާމްތަކާއި، އެކި ކަހަލަ ކަންކަން ހިމަނައިގެން ގައުމީ މަޝްރޫއެއްގޮތުގައި އުތީމުގައި ކަންތައްތަކެއް ކުރަން ގަސްތުކުރާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިކަންކަމަށް ލެވޭ ބާރެއްގެ ގޮތުން މިހާތަނަށް އެހެން ސަރުކާރުތަކުން ނުދޭ ސަމާލުކަމެއް ދީގެން ޖެހި ޖެހިގެން ދެ އަހަރު ގައުމީ ފެންވަރެއްގައި ގައުމީ ދުވަސް އުތީމުގައި ފާހަގަކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"އެގޮތުން ކުރެވޭ ކަންތައްތަކެއްގެ ގޮތުން މިހާތަނަށް ސަރުކާރުތަކުން ނުދޭ ސަމާޅުކަމެއް ދީގެން އެއީ ބަޖެޓުގެ ގޮތުން ކަމުގައި ވިޔަސް، އަދި އެހެނިހެން ވަސީލަތްތަކުގެ ގޮތުން ވިޔަސް ދީގެން ޖެހިޖެހިގެން ދެ އަހަރު، މި އަހަރާ މި އަންނަ އަހަރު ގައުމީ ފެންވަރެއްގައި ގައުމީ ދުވަސް މިރަށުގައި ފާހަގަ ކުރަން." ރަޢީސް ވިދާޅުވިއެވެ.

މިކަމުގެ ނަތީޖާ އަކަށް ވާނީ ފިކުރީ ގޮތެއްގައި ގައުމީ ވިސްނުން ގައުމުގައި ފެތުރުމުގައި އުތީމުން އަދާކުރެވޭނެ އެންމެ ފުރިހަމަ ދައުރު އަދާކުރުމަށް މަގުފަހި ކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމީ ވިސްނުމެއްގައި އެރަށުގައި ކުރަން ޖެހޭ ހުރިހާކަމެއްވެސް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އުތީމުގެ އުމްރާނީ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަންކަން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ހއ.އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ތިލަދުންމަތީ އުތުރުބުރީގެ ދިހަ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ދެކަނބަލުން، ސްރީލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންރާއްޖެއާއި ލަންކާގެ ގުޅުން ރަމްޒުކޮށްދިނުމަށް ލަންކާގައި ގަސް އިންދައިފިޚަބަރު | 5 ގަޑިއިރު ކުރިންސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް، ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރައްވައިފިޚަބަރު | 5 ގަޑިއިރު ކުރިންލަންކާ ދަތުރުފުޅުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އައު ދިރުމެއް ގެނެސްދޭނެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން