logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުޢިއްޒު، ޗައިނާގެ އައު އަހަރުގެ ތަހުނިޔާ އެގައުމުގެ ރައީސަށް ފޮނުއްވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
29 ޖެނުއަރީ 2025 - 04:48
ރައީސް މުޢިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރައީސްޝީ ޖިންޕިންއާ ސަލާމުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރައީސްޝީ ޖިންޕިންއާ ސަލާމުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ސްޕްރިންގް ފެސްޓިވަލް އަދި ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ޗައިނާ ރައްޔިތުންގެ ޖުމްހޫރިއްޔާގެ ސްޓޭޓް ކައުންސިލްގެ ޕްރިމިއާ، ލީ ޗިއާންގް އަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ރައީސް އެ ދެބޭފުޅުންނަށް ތަހުނިޔާ ދަންނަވާފައިވަނީ އެ ދެބޭފުޅުންނަށް މިއަދު ވަކިވަކިން ފޮނުއްވި ސިޓީތަކުންނެވެ. އެގޮތުން އެ ސިޓީތަކުގައި ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޗައިނާގެ ވެރިކަމާއި ރައްޔިތުންނަށް ހޫނު މަރުޙަބާއާއި އެންމެ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި "ވަން ޗައިނާ" ޕޮލިސީއަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާކަން އަލުން ކަށަވަރުކޮށްދެއްވައި، ދެ ޤައުމުގެ މަންފާއަށްޓަކައި ގުޅުން ވަރުގަދަކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގާތް ގުޅުން ދެމެހެއްޓުމަށްޓަކައި ޗައިނާ-ރާއްޖެ ޖާމިޢު އިސްތިރާތީޖީ އެއްބާރުލުމުގެ ޕާޓްނާޝިޕް ހަރުދަނާކުރުމުގެ މުހިންމުކަން ވެސް ރައީސް ވަނީ ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނީ 14 އޮކްޓޯބަރު 1972 ގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ކަމެއްވެސް ނިޒާމުގެ ތެރެއިން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިން4000 ފްލެޓްގެ ޑައުންޕޭމަންޓާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދޭނަން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 52 މަސާޖު ޕާލާ ބަންދުކޮށްފައިވާކަން ރައީސް އިޢުލާންކުރައްވައިފިޚަބަރު | 14 ގަޑިއިރު ކުރިންރައީސް ވިޔަފާރިވެރިންނާއެކު ބާއްވަވާ ފުރަތަމަ ބައްދަލުވުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށްޚަބަރު | 19 ގަޑިއިރު ކުރިން