logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީއަކީ އެއްވެސް އިރެއްގައި ގައުމުގެ މަސްލަޙަތު އިސްކޮށްގެން ވެރިކަމަށް ފައި ނަގާ ޕާޓީއެއް ނޫން: ވަޒީރު ޚަލީލް

އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންތަކެއް: އެ ޕާޓީއަކީ ގައުމީ މަސްލަހަތު އިސްކުރާ ޕާޓީއެއް ނޫންކަމުގައި ވިދާޅުވެ، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ ފާޑުވިދާޅުވެފައި
އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންތަކެއް: އެ ޕާޓީއަކީ ގައުމީ މަސްލަހަތު އިސްކުރާ ޕާޓީއެއް ނޫންކަމުގައި ވިދާޅުވެ، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ ފާޑުވިދާޅުވެފައި

އެމްޑީޕީއަކީ އެއްވެސް އިރެއްގައި ގައުމުގެ މަސްލަޙަތު އިސްކޮށްގެން ވެރިކަމަށް ފައިނަގާ ޕާޓީއެއް ނޫން ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނޫހެއްގެ ޚަބަރެއްގެ އެކްސްގައި ރީ ޕޯސްޓުކުރައްވަމުން ވަޒީރު ޚަލީލް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުން ފެނުނީ ގައުމީ ސަލާމާއި ގައުމީ ދިދަ ފަދަ ގައުމިއްޔަތު ރަމްޒުކޮށްދޭ ކަންކަން އެމްޑީޕީގެ ސިޔާސާތުގައި ނުހިމެނޭތަންކަން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ގައުމީ ސަލާމާއި ގައުމީ ދިދަ ފަދަ ގައުމިއްޔަތު ރަމްޒުކޮށްދޭ ކަންކަމަށް އެމްޑީޕީގެ ސިޔާސަތު ގައި އިސްކަމެއް ނުދޭ ތަން އެބައިމީހުންގެ ވެރިކަމުން ވެސް ރައްޔިތުންނަށް ފެނުނީ!" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ، ރޭ ހއ. ދިއްދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާ ނިންމުމަށް ގައުމީ ސަލާމު ކިޔަމުން ދިޔަ ވަގުތު ވެސް، އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން ހަޑި ހުތުރުބަހުން އަޑުގަދަކުރި ކުރުމަށް އިޝާރަތްކުރައްވަމުންނެވެ.

އެގޮތުން ދިއްދޫގެ ރައްޔިތުންނާ ރައީސް މުޚާތަަބު ކުރައްވައި ވާހަކަފުޅު ދެއްކެވި ވަގުތުގައި ވެސް، އެމްޑީޕީގެ ފަރާތްތަކުން ވަނީ އަޑުގަދަކޮށް، ބާރަށް ލަވަ ޖަހައި ރައީސަށް ފާޑުކިޔާފައެވެ. އަދި ގައުމީ ސަލާމް ޖެހި ވަގުތު ވެސް އެ ފަރާތްތަކުން ހަޑި ހުތުރު ބަހުން އަޑުގަދަކުރުމުން، އެކަމާ އެރަށުގެ ބައެއް ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޞާލިޙް ވިދާޅުވަނީ އިންތިޚާބު ކާމިޔާބުކުރަން ޕާޓީގެ އެންމެން އެކުގައި ގަދައަށް މަސައްކަތް ކުރާނެ ކަމަށް!ޚަބަރު | 14 ދުވަސް ކުރިންމާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށްޚަބަރު | 15 ދުވަސް ކުރިންލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލާން ފަށައިފިޚަބަރު | 16 ދުވަސް ކުރިންލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން ހޮވުން ހުކުރު ދުވަހު!ޚަބަރު | 20 ދުވަސް ކުރިން