ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް 4 އަހަރު ފުރުން
.jpg&w=3840&q=75)
.jpg&w=3840&q=75)
13 ޖެނުއަރީ 2025 - 05:00
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރް.އޭ.ސީ.އެލް) އަށް 4 އަހަރު ފުރިއްޖެއެވެ. މި ކުންފުނި އުފެދުނީ 11 ޖެނުއަރީ 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.އާރް.އޭ.ސީ.އެލް އަކީ 100% ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ސަރުކާރުން ހިންގާ އެއަރޕޯޓުތައް ހިންގުމުގައި ރަނގަޅުކުރުމާއި، އެއަރޕޯޓުތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ. މީގެ އިތުރުން، ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުމާއި، ސަރުކާއި، ސަރުކާރުން ތަރައްޤީކުރާ އެންމެހައި އެއަރޕޯޓްތައް ހިންގައި ބެލެހެއްޓުމާއި، އިތުރަށް ތަރައްޤީކުރުމެވެ.މިހާރު އާރް.އޭ.ސީ.އެލްއިން ރާއްޖޭގެ 8 ޑޮމެސްޓިކް އެއަރޕޯޓެއް އޮޕަރޭޓްކުރަމުން ގެންދެއެވެ. މި އެއަރޕޯޓުތަކަކީ ހޯރަފުށި އެއަރޕޯޓް، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، މާވަރުލު އެއަރޕޯޓް، ނަދޫ އެއަރޕޯޓް، ފަރެސްމާތޮޑާ އެއަރޕޯޓް، ފުވައްމުލަކު އެއަރޕޯޓް އަދި ކައްދޫ އެއަރޕޯޓެވެ.ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އާރް.އޭ.ސީ.އެލްގެ އެއަރޕޯޓުތަކުން 8,730 ފްލައިޓް މޫވްމަންޓްގައި 336,850 ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުންފުނީގެ ހެޑްއޮފީހުގަޔާއި ރީޖަނަލް އެއަރޕޯޓްތަކުގައި އެކި ހަރަކާތްތައް ހިންގާފައިވެއެވެ. މިއަދު އެ ކުންފުނީގައި ބޭއްވުނު ކުޑަ ހަފްލާއެއްގައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވަނީ ކުންފުނީގެ އެންމެހާ މުވައްޒަފުންނަށާއި ފާއިތުވެ ދިޔަ ހަތަރު އަހަރު ދުވަހު އާރް.އޭ.ސީ.އެލްގެ އެއަރޕޯޓްތަކުން ޚިދުމަތް ހޯއްދެވި އެންމެހާ ފަސިންޖަރުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކޮށްފައެވެ.އަޙްމަދު މުބީން ވިދާޅުވީ މިދިޔަ ހަތަރު އަހަރަކީ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތާއެކު، ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅަށް ފޯރުކޮށްދެވިފައިވާ އަހަރުތަކެއް ކަމުގައެވެ. އަދި ހަމަ އެއާއެކު އާރް.އޭ.ސީ.އެލް އަކީ ވަކި އުސޫލުތަކެއްގެ މަތިން، ވަކި ގޮތަކަށް ކުރަންޖެހޭ ވަރަށް މުހިންމު، ބުރަ މަސައްކަތްތަކެއް ކުރިއަށް ގެންދޭ1 ކުރަމުން އަންނަ ކުންފުންޏެއްކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކުންފުނީގެ މުވައްޒަފުން އަންނަނީ ފަރުވާތެރިކަމާއެކު ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންކަމާއި، އޮޕަރޭޝަންގެ ދަށުގައި އޮތް 8 އެއަރޕޯޓްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް ވަނީ އަގުވަޒަން ކޮށްފައެވެ.އާރް.އޭ.ސީ.އެލްގެ ކުރިޔަށް އ ކުރިޔަށް އޮތް އަމާޒަކީ ރައްޔިތުންނަށް އިތުބާރުހިފޭ ޚިދުމަތެއް ފޯރުކޮށްދޭ ހިންގުންތެރި ކުންފުންޏަކަށް ވުމެވެ.މި ކުންފުނި އުފެދުމާއެކު، ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ހިންގުން ހަރުދަނާވެ، އެއަރޕޯޓުތަކުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މި ކުންފުނީގެ މަސައްކަތުން ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްވެ، އެއަރޕޯޓުތަކުގެ ތަރައްޤީއަށް އިތުރު ފުރުސަތުތައް ހުޅުވިފައިވެއެވެ.އާރް.އޭ.ސީ.އެލްގެ 4 އަހަރުގެ ޚިދުމަތާއެކު، ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ޚިދުމަތް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. މި ކުންފުނީގެ މަސައްކަތުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.