logo
E-Platinum
ޚަބަރު

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
14 މޭ 2025 - 17:02
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާކަމަށް ރީޖަނަލް އެއާޕޯޓްސްއިން ހާމަކޮށްފިއެވެ.

ރީޖަނަލް އެއާޕޯޓްސްއިން އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މުހިންމު މަޝްރޫޢު ނިންމުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. މި މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢެވެ.

އިންޑިއާގެ ކުންފުނި ކަލްޕަތަރު ޕްރޮޖެކްޓްސްއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި މަޝްރޫޢުގެ ދަށުން 2.7 ކިލޯމީޓަރުގެ އާ ރަންވޭއެއް، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ އާ ޓާމިނަލެއް، އާ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް، ކާގޯ އިމާރާތެއް އަދި ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ކުރިއަށްދެއެވެ.

ބޮޑެތި ބޯޓުފަހަރު ވެސް ޖެއްސޭ ގޮތަށް ހަދާފައިވާ އާ ރަންވޭގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މި މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ޚަރަދުކުރާނެއެވެ.

މި މަޝްރޫޢު ނިމުމުން، އުތުރުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ސަރަޙައްދީ ތަރައްޤީއަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ. އަދި މި އެއާޕޯޓު ތަރައްޤީވުމާއެކު، ޓޫރިޒަމް ދާއިރާއަށާއި ވިޔަފާރިއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް އުއްމީދުކުރެވެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫގައި ފަސިންޖަރުން އުފުލާ ބަސް ސްޓޭންޑްބައިގައި އޮތް، މަސައްކަތް ކުރަނީ ދަތުރުވެރިންގެ ފަސޭހައަށް: މުބީންޚަބަރު | މަހެއް ކުރިންހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެޚަބަރު | 2 މަސް ކުރިންމުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުން މި މަހު 14ގައިޚަބަރު | 2 މަސް ކުރިންމި މަހު 17 ގައި މުލީ އެއާޕޯޓަށް ދަތުރުތައް ފަށަނީޚަބަރު | 2 މަސް ކުރިން