ހަނިމާދޫގައި ފަސިންޖަރުން އުފުލާ ބަސް ސްޓޭންޑްބައިގައި އޮތް، މަސައްކަތް ކުރަނީ ދަތުރުވެރިންގެ ރައްކާތެރިކަމާއި ފަސޭހައަށް: މުބީން


14 ޖޫން 2025 - 11:54
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ މޯލްޑިވިއަންގެ ފްލައިޓެއްޖައްސައި ބޯޓުން ފަސިންޖަރުން ފޭބި ފަހުން އައި ވިއްސާރާގައި ފަސެންޖަރުންނަށް ދިމާވި ކަންތަކާއި ގުޅިގެން އެކަން ހިނގިގޮތް ރީޖަނަލް އެއަރޕޯޓްސް (އާރުއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އަދި ކުރީގެ މަޖިލިސް މެންބަރު އަޙްމަދު މުބީން ސާފުކޮށްދެއްވައިފިއެވެ.
މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުބީން ވިދާޅުވީ، ފަސިންޖަރުން ތެމުނީ ފްލައިޓުން ފައިބައި ވަކި ހިސާބަކަށް ދިޔަ ފަހުން ކުއްލިއަކަށް ވެހެން ފެށި ވާރޭގެ ސަބަބުން ކަމަށެވެ.
މުބީން ވިދާޅުވިގޮތުގައި، ފްލައިޓް ޖެއްސިއިރު ކުޑަކޮށް ވިއްސާރަވެހެމުން ދިޔަ ނަމަވެސް، ފަސިންޖަރުން ބޭލުމަށް ފެށީ ވިއްސާރަ ވަގުތީގޮތުން ހުއްޓާލާފައި އޮތް ވަގުތެއްގައި ކަމަށެވެ. އަދި އެއއަރޕޯޓް އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ ގޮތުން، ފަސިންޖަރުން އުފުލާ ބަސް ސްޓޭންޑްބައިގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ދަތުރުވެރިންގެ ރައްކާތެރިކަމާއި ފަސޭހައަށް," މުބީން ވިދާޅުވިއެވެ.
މިހާރު ހަނިމާދޫ އެއަރޕޯޓު ރީ ޑިވެލޮޕްމަންޓްގެ މަސައްކަތް ކުރިއަށްދާތީ، އޭޕްރަން އޮންނަނީ ޓާމިނަލްއާ ވަރަށް ދުރުގައި ކަމަށާއި، ނަމަވެސް ޓާމިނަލްގެ މަސައްކަތް ނިމުމުން ބޯޓުތައް ޓާމިނަލްއާ ކައިރިކުރެވޭނެ ކަމަށް މުބީން ފާހަގަކުރެއްވިއެވެ. އަދި މިއީ ވަގުތީ ދަތިކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އާރުއޭސީއެލްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އެއަރޕޯޓުތަކެއްގެ ވަސީލަތްތައް ރަނގަޅުކޮށް، ދަތުރުވެރިންނަށް ފަސޭހަ އަދި ރައްކާތެރި ދަތުރުތަކެއް ކުރެވޭނެ މާޙައުލެއް ޤާއިމުކުރުން ކަމަށް މުބީން ވިދާޅުވިއެވެ. އަދި ހަނިމާދޫ އެއަރޕޯޓުގެ ރީ ޑިވެލޮޕްމަންޓްގެ މަސައްކަތް ނިމުމުން، މިހާރަށްވުރެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ޔަޤީންކަން ދެއްވިއެވެ.
މުބީން ވަނީ ހުރިހާ ފަރާތްތަކުންވެސް، މިފަދަ ކަންކަން ހިނގާދިޔަ ގޮތް ރަނގަޅަށް ބައްލަވައި، ޒިންމާދާރުކަމާއެކު މަޢުލޫމާތު ގެނެސްދިނުމަށް އެދޭކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރާނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށާއި، ކުރާ ކޮންމެ ކަމަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
''އެއާޕޯޓުތަކަކީ ރާއްޖޭގެ ދޮރާށިތައް. އެތަންތަން ތަރައްޤީކޮށް، ފެންވަރު ރަނގަަނގަޅުކުރުމަކީ އަޅުގަނޑުމެންގެ އިސް އަމާޒެއް. މިކަމުގައި ރައްޔިތުންގެ އެއްބާރުލުމާއި ކެތްތެރިކަން އެދެން," މުބީން ވިދާޅުވިއެވެ.
ފާހަގަކޮށްލަންޖެހޭކަމަކީ އެއާޕޯޓް އޮޕަރޭޓަރަށް ވެސް މިފަދަ ހާލަތެއްގައި ވެސް އޭޕްރަން މައްޗަށް ވެހިކަލް އަރުވައި ބޯޓާ ކައިރިކުރެވޭނީ އެއާލައިންގެ ހުއްދަލިބިގެން، އެއާލައިނުން އެކަމަށް އެދިގެންކަމެވެ. އެހެންކަމުން ހަނިމާދޫގައި އިއްޔެ ހިނގާދިޔަ ހާދިސާގައި ވާރޭ ވެހެން ފެށުމުން ވެސް ބަސް އޭޕްރަން މައްޗަށް އަރާފައި ނުވަނީ އޮޕަރޭޓަރަށް އެ އިންޓްރަކްޝަން ނުލިބޭތީކަމަށް ބެލެވެއެވެ.
ހަނިމާދޫ އެއާޕޯޓްގެ އިސް އޮފިޝަލަކު ''މެންދުރަށް'' ވިދާޅުވީ، ވިއްސާރަނަމަ އަބަދު ވެސް ބަސް ތައްޔާރަށް އޮންނާނެކަމަށެވެ. އަދި ޕަސެންޖަރުންގެ ކަންކަމަށް އެމްޑީ މުބީނާއި، ސަރުކާރުން ދެއްވާ އަހައްމިޔަތު އޭނާ ފާހަގަކުރިއެވެ.
''އަޅުގަނޑުމެންގެ އެމްޑީ ވަރަށް މަސައްކަތްކުރަށްވާ ފަސެންޖަރުންގެ ފަސޭހައާއި ރައްކަލަށް، އަޅުގަނޑުމެން ބޭނުމެއްނޫން މިފަދަ ކަމެއް އިތުރަށް ތަކުރާރުވާކަށް، އިއްޔެ ވެސް ބަސް އޮންނާނެ ތައްޔާރަށް، ދިމާވި މައްސަލައަކީ ކޯޑިނޭޝަންގެ މައްސަލައެއްނަމަ އެކަން ހައްލުކޮށް މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރާނަން'' އޭނާ ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާތީ މިހާރު ބޯޯޓުތައް ޕާކު ކުރަން ޖެހެނީ ޓާމިނަލާއި ފުދޭވަރަކަށް ދުރު ޑިސްޓެންސެއްގައެވެ.
ހަނިމާދޫ އެއާޕޯޓަށް ފްލައިޓް ޖައްސާގަޑީގައި ވާރެ ވެހޭނަމަ ފަސެންޖަރުން ބަހުގައި ބޭލުމުގެ އިންތިޒާމް އާރުއޭސީއެލުން އޮންނަނީ ހަމަޖައްސާފައެވެ. އޭޕްރަން އާއި ޓާމިނަލް ކައިރި ދުވަސްވަރު ވެސް މި ޚިދުމަތް އައީ ދެމުންނެވެ.
އިތުރު ލިޔުންތައް

ރައީސްގެ އިންޑިއާ ދަތުރުފުޅަކީ އިދިކޮޅު ފަރާތްތަކަށް މާޔޫސްކަން ގެނުވި ދަތުރެއް: މުބީން
9 މަސް ކުރިން
މުބީން އައު ކުރެއްވީ ޔާމީން ޖަލުން މިނިވަން ކުރަން ކުރެއްވި މަސައްކަތުގެ ހަނދާން
9 މަސް ކުރިން
އައި ފޯނު އެތެރެކުރިކަމަށް ބުނެ ފެތުރީ އަބުރު ކަތިލުމުމަށް ދޮގު ޚަބަރެއް: މުބީން
9 މަސް ކުރިން