logo
E-Platinum
ޚަބަރު

މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުން މި މަހު 14ގައި

މ. މުލީ އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓް -- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް
މ. މުލީ އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓް -- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް

މ. މުލިީ އެއާޕޯޓް ރަސްމީކޮށް ހުޅުވުން މި މަހުގެ 14 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 14 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި ނަމަވެސް، އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު، މޯލްޑިވިއަންގެ ފަރާތުންނެވެ.

މި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރިން ނިންމާފައިއޮތީ މި ހިނގާ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.  ނަމަވެސް އެއަރޕޯޓް ހުޅުވުން ލަސްކުރީ، ކޮމާޝަލް ދަތުރުތަކާއެކު އެއަޕޯޓް ރަސްމީކޮށް ހުޅުވުމަށްކަމަށް މި އެއާޕޯޓް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން  މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން އެ އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ފަރާތުން މި މަހުގެ 15 ވަނަ ދުވަހު ވަނީ ރާއްޖޭގެ އެއާލައިން އޮޕަރޭޓަރުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައެވެ.

2021 ވަނަ އަހަރު ތަރައްޤީކުރަން ފެށި މުލި އެއާޕޯޓުގެ މަސައްކަތްތައް ނިންމާލައި، އެއާޕޯޓުގެ ޓެސްޓް ފްލައިޓް ވެސް ވަނީ ހުސްވި އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ޖައްސާފައެވެ. ޖުމްލަ 221  221 މިލިއަން ރުފިޔާ ޚަރުކުރި މި މަޝްރޫއުގެ ދަށުން 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ޤާއިމްކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫގައި ފަސިންޖަރުން އުފުލާ ބަސް ސްޓޭންޑްބައިގައި އޮތް، މަސައްކަތް ކުރަނީ ދަތުރުވެރިންގެ ފަސޭހައަށް: މުބީންޚަބަރު | މަހެއް ކުރިންއަޅުގަނޑަކީ ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމަށް ރައްޔިތުން ހޮވާފައި ހުރި ޚާދިމެއް: ރައީސް ޚަބަރު | 2 މަސް ކުރިންރައީސް، މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފިޚަބަރު | 2 މަސް ކުރިންހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެޚަބަރު | 2 މަސް ކުރިން