logo
Bank of Maldives

Bank of Maldives

ޚަބަރު

އަޅުގަނޑަކީ ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމަށް ރައްޔިތުން ހޮވާފައި ހުރި ޚާދިމެއް: ރައީސް

މ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
މ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނަކީ ރައްޔިތުން އެދޭގޮތަށް ކަންކަންކުރުމަށް ރައްޔިތުން ހޮވާފައި ހުރި ޚާދިމެއް ކަމަށާއި، ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުރިހަމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުއްދުމަށް ވަރަށް ސަމާލުކަން ދެއްވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އެގޮތުން މުލީގައި ހިންގެވުމަށް ވައުދުވެވެވަޑައިގެންނެވި މަޝްރޫއަތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ރައީސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ މުލީ އެއާޕޯޓް ހުޅުވުމުން، މުޅި އަތޮޅަށް ވެސް ފަސޭހަތައް ލިބޭނެކަމަށާއި ވަރަށް ގިނަ ކަންތައްތަކަށް މަގުފަހިވާނެކަމަށެވެ. އަދި މިއީ ފެށުން ކަމަށާއި ރަށުގައި އަދި ކުރިއަށް ގެންދަން ހުރި މަޝްރޫއުތައް ގިނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވެފައި ހުރި ވައުދުތައް ހަނދާން އެބަހުރި މި ރަށުގެ ފަތުރުވެރިކަމަށް ވައުދުވިން ދެ ރަށެއް ހިއްކުން ނުވަތަ ފަޅުތަކެއް ހޯދައިދޭން، އެކަމަށް އެންމެ މުހިންމީ އެއާޕޯޓެއް ހުޅުވިގެން ދިޔުން އެކަން މިވަނީ ހާސިލްވެފައި، ޓޫރިޒަމް މިނިސްޓްރީން ދެން ހުރި މަރުހަލާގެ ކަންކަން ކުރިއަށްގެންދާނެ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ 2026 ވަނަ އަހަރު މުލީގެ މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ފަށާނެ ކަމަށާއި ހޮސްޕިޓަލްގެ އައު އިމާރާތް އަމަލީ ގޮތުން ފެށުމުގެ މަރުހަލާތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ދާއިރާ އިން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގައި ވެސް 300 ހައުސިން ޔުނިޓް އެޅުމަށް މިހާރު އިއުލާންކޮށްފައި ވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ނާލާފުއްޓާއި މުލި، ކޯޒްވޭއަކުން ގުޅުވާލުމުގެ މަސައްކަތް މި ދަތުރުގައި އަމަލީގޮތުން ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ކޯޒްވޭ ގުޅުވާލުމަކީ އިގްތިސާދީ ނަފާ އޭގެން ލިބޭ ކަމެއް ކަމަށާއި އެމަޝްރޫއުގެ އީއައިއޭވެސް ހަދާ ނިމިފައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ގާތަށް އައިސްގެން ކަންކަން ބަލާ ވައުދުތައް ފުއްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ވަރަށް ރަނގަޅަށް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން ހުއްޓިފަހުރި މަޝްރޫއުތަކުގެ ތެރެއިން 390 މަޝްރޫއެއް އަލުން ފެށުމަށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި އާ 300 އެއްހާ މަޝްރޫޢު ފެށުމަށް ވެސް ހުރިހާކަމެއް ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތީޖާއިން ފެނުނީ ރައީސަށް އޮތް އިތުބާރު، 2028 ކާމިޔާބު ކުރުމަށް ހުރަހެއްނެތް: ޝުޖާޢުޚަބަރު | 16 ގަޑިއިރު ކުރިންއެދެނީ ރައްްޔިތުންނަށް އުފާ ފާގަތިކަން - ދެއްވި ފުރުސަތަށް ރައީސް އަށް ޝުކުރު!ޚަބަރު | 3 ދުވަސް ކުރިންވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 3 ދުވަސް ކުރިންދުނިޔޭގެ ޞިއްޙަތު ރައްކާތެރިކުރުމުގައި ސައިންސްގެ ދައުރު މުހިންމު: ރައީސްޚަބަރު | 3 ދުވަސް ކުރިން