logo
MPL

MPL

ޚަބަރު

ރައީސް، މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

މ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުއްޔަށް ވަޑައިގެންނެވުމުން ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ، އަޙްމަދު މުބީން މަރްޙަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
މ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުއްޔަށް ވަޑައިގެންނެވުމުން ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ، އަޙްމަދު މުބީން މަރްޙަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަދު އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވި ނަމަވެސް، މިމަހުގެ 17 ވަނަ ދުވަހު މި އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ވަނީ ފަށާފައެވެ.

މި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރިން ނިންމާފައިއޮތީ މި ހިނގާ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް އެއަރޕޯޓް ހުޅުވުން ލަސްކުރީ، ކޮމާޝަލް ދަތުރުތަކާއެކު އެއަޕޯޓް ރަސްމީކޮށް ހުޅުވުމަށްކަމަށް މި އެއާޕޯޓް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން އެ އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ފަރާތުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ ރާއްޖޭގެ އެއާލައިން އޮޕަރޭޓަރުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައެވެ.

2021 ވަނަ އަހަރު ތަރައްޤީކުރަން ފެށި މުލި އެއާޕޯޓުގެ މަސައްކަތްތައް ނިންމާލައި، އެއާޕޯޓުގެ ޓެސްޓް ފްލައިޓް ވެސް ވަނީ ހުސްވި އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ޖައްސާފައެވެ. ޖުމްލަ 221 މިލިއަން ރުފިޔާ ޚަރުކުރި މި މަޝްރޫއުގެ ދަށުން 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ޤާއިމްކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒިންމާދާރު ޖީލެއް ބިނާކުރުމަށް: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންއިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށްރިޕޯޓް | 15 ގަޑިއިރު ކުރިންއިޤްތިޞާދީ އަދި ޚާރިޖީ ބޮޑެތި ކާމިޔާބީތަކަކާއެކު ރައީސްގެ ދެކަނބަލުން ޕާކިސްތާން ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 21 ގަޑިއިރު ކުރިންމޯލްޑިވިއަންގެ ސީދާ ދަތުރުތައް ކަރާޗީއަށް ފަށަނީޚަބަރު | ދުވަހެއް ކުރިން