logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހުގެ ތަމްރީނުތައްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސުދާ ލަތީފް
30 ޖެނުއަރީ 2025 - 10:04
ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯސް ފަރުމާކުރުމާއި ތަމްރީނުތައްދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ތެރެއިން
ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯސް ފަރުމާކުރުމާއި ތަމްރީނުތައްދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ތެރެއިން

ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހެއް ފަރުމާކުރުމާއި މި ކޯހުގެ ތަމްރީނުތައްދިނުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މިއަދު ސޮއިކޮށްފިއެވެ.

އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން ބިލްޑިންގްގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މިމިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް، މުޙައްމަދު ޒާހިރެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޑރ. އައިޝަތް ޝެހެނާޒް އާދަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންދެރި މަޝްރޫޢުގެ ދަށުން ވެވުނު މި އެއްބަސްވުމުގެ މަޤުޞަދަކީ ރާއްޖޭގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ހާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ކޯހެއް ފަރުމާކޮށް، ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނެ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި ރޭންޖަރުންތަކެއް އުފެއްދުމެވެ.

ފުރަތަމަ ބުރު ލާމު އަތޮޅަށް ހާއްޞަކޮށްގެން ހިންގާ މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢި ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭނެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ނިޔަމި 2 ކޯހުގެ ސެޓްފިކެޓް ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޑިޕްލޮމާ ކޯހެއް ހިންގަން އެއްބަސްވުމެއްޚަބަރު | 3 ގަޑިއިރު ކުރިންވިލުފުށީގައި އެމްއެންޔޫ ކެމްޕަހެއް ޤާއިމްކުރަނީޚަބަރު | 5 މަސް ކުރިންދަރުމައާއި ސަވާބަށްޓަކައި ލޭ ހަދިޔާކުރުމަށް ޝެއިޚް ނިމާލް އިލްތިމާސްކުރައްވައިފިޚަބަރު | 8 މަސް ކުރިންބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހުގެ ތަމްރީނުތައް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | އަހަރެއް ކުރިން