logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރުމައާއި ސަވާބަށްޓަކައި ލޭ ހަދިޔާކުރުމަށް ޝެއިޚް ނިމާލް އިލްތިމާސްކުރައްވައިފި

ޝަހްޒާ މުހައްމަދު
16 ޖޫން 2025 - 05:40
ދަރުމައާއި ސަވާބަށްޓަކައި ލޭ ހަދިޔާކުރުމަށް ޝެއިޚް ނިމާލް  އިލްތިމާސްކުރައްވައިފި

އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ހަދިޔާ ކޮށްލެވޭ ކޮންމެ ލޭ ތިއްކަކީ ދެމިގެން ދާ މަތިވެރި ސަދަގާތެއް ކަމަށާއި ސަވާބާއި ދަރުމައަށްޓަކައި ލޭ ހަދިޔާކުރުން އިތުރުކުރުމަށް ޝެއިޚް ނިމާލް މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ޝެއިޙް މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝެއިޚް ވިދާޅުވީ. ސަވާބާއި ދަރުމަ ހޯދުމުގެ ނިޔަތުގައި އެކަން ކުރުމުން، ﷲގެ އިރާދަފުޅުން، ކޮންމެ ލޭ ތިއްކަކީވެސް ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމަކަށްވެގެންދާނެކަމަށެވެ.

ޝެއިޚް ވިދާޅުވީ ރާއްޖޭގައި ލޭ ހަދިޔާ ކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން ދިޔަނަމަވެސް ބައެއް ފަރާތްތަކަށް ލޭ ހޯދުމުގައި އަދިވެސް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން ލޭ ހޯދުމަށް މީހަކު އައިސް އެދުމުގެ ކުރިން ދަރުމަ އަށް ލޭ ހަދިޔާ ކުރުމުގެ އާދަ ހަރުލެއްވުމަށް ވެސް ޝެއިޚް އިލްތިމާސްކުރެއްވިއެވެ.

އަދި އެއީ ދުނިޔެއައި އާޚިރަތަށްޓަކައި ކުރެވޭ ހޭދައެއްކަން ފާހަގަކުރައްވަމުން ޝެއިޚް ވިދަޅުވީ، ދުނިޔޭގައި މީހަކު އުފުލަންޖެހޭ މުސީބާތެއް ނުވަތަ ތަކްލީފެއް ފިއްލުވާލި މީހަކު އާޚިރަތުގައި ދިމާވާ ކަންތައްތަކުގެ ތެރެއިން ކަމެއް ﷲ ސުބުހާނަހޫވަތަޢާލާ ފިއްލަވާދެއްވާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ޖޫންމަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިއަރަކީ ލޭދީގެން އުއްމީދެއް ދޭށެވެ. އެންމެން ގުޅިގެން ފުރާނަ ސަލާމަތްކުރަމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލުފުށީގައި އެމްއެންޔޫ ކެމްޕަހެއް ޤާއިމްކުރަނީޚަބަރު | 14 ގަޑިއިރު ކުރިންދަރުމައާއި ސަވާބަށްޓަކައި ލޭ ހަދިޔާކުރުމަށް ޝެއިޚް ނިމާލް އިލްތިމާސްކުރައްވައިފިޚަބަރު | 3 މަސް ކުރިންބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހުގެ ތަމްރީނުތައް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 8 މަސް ކުރިން