logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެސްޓީއޯއަށް ފާއިތުވި އަހަރު އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ

އެސްޓީއޯއަށް ފާއިތުވި އަހަރު އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ފާއިތުވި އަހަރު 15 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފަިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯއިން އާންމުކުރި މާލީ ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު 15 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު އިރު، 2023 ވަނަ އަހަރު އެކުންފުނިން ވަނީ 16 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާހަގަ ކޮށްލެވޭ ގޮތުން، އެސްޓީއޯގެ ހިންގުމުގެ ޚަރަދު 2023 ވަނަ އަހާރާ އަޅާ ބަލާއިރު 8 އިންސައްތަ ދައްވި ނަމަވެސް، މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ ވަނީ ދަށްވެފައެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ނިޔަލަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 2.36 ބިލިއަން ރުފިޔާއެވެ.

ހަމައެހެންމެ، އެ ކުންފުންޏަށް މިދިޔަ އަހަރު ލިބިފައިވާ ހިންގުމުގެ ފައިދާއާއި ޓެކްސް ކެނޑުމަށްފަހު ލިބުނު ސާފުފައިދާ ވެސް ދަށްވެފައިވާކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.

އެގޮތުން 2023 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.28 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު މި އަދަދު ވަނީ 1.06 ބިލިއަން ރުފިޔާއަށް ވެއްޓެފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު ޓެކްސް ކެނޑުމަށްފަހު ސާފުފައިދާގެ ގޮތުގައި 818 މިލިއަން ލިބިފަިވާއިރު، ފާއިތުވި އަހަރު ލިބުނީ 717 މިލިއަން ރުފިޔާއެވެ. އެހެންކމަުން، މިއީ 12 އިންސައްތަ ދަށް އަދަދެކެވެ.

އެސްޓީއޯ އަކީ ތެޔޮ، ކައްކާ ގޭސް، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނު، ޞިއްޙީ ޚިދްމަތް، ކޮންސިއުމާ އިލެކްޓްރޯނިކްސް، ސުޕަމާކެޓް ޕްރޮޑަކްޓްސް، އިންޝުއަރެންސް، ޝިޕިން އަދި ބަންކަރިން ފަދަ ދާއިރާތަކުން ފާހަގަކޮށްލެވޭ، ތަފާތު ވިޔަފާރީގެ ޤައުމީ ލީޑަރެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުބާރާއި ފެންވަރުގައި ހިޓާޗީ: ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑުގެ ގޮތުގައި 25 އަހަރުރިޕޯޓް | 13 ގަޑިއިރު ކުރިންމޯލްޑިވްސް ގޭސް އިން ގޭސް ވިއްކާ އަދަދު ލިމިޓްކޮށްފިވިޔަފާރި | 4 ދުވަސް ކުރިންފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށް، އެސްޓީއޯ އިން ރައްޔިތުންގެ ޖީބަށް ލުއިކަން ގެނެސްދީފިވިޔަފާރި | 22 ދުވަސް ކުރިންބާޒާރުގައި އޮރެންޖުގެ އަގު އަތްނުފޯރިނަމަވެސް އެސްޓީއޯ ތަފާތު!ޚަބަރު | 23 ދުވަސް ކުރިން