logo
Bank of Maldives

Bank of Maldives

ޚަބަރު

5 އަހަރުގެ ޕްލޭނާއި، 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން ވަޒީރު އާދަމް ޝަރީފް އިފްތިތާޙުކޮށްދެއްވައިފި

ސުދާ ލަތީފް
31 ޖެނުއަރީ 2025 - 06:38
5 އަހަރުގެ ޕްލޭނާއި، 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން  އިފްތިތާޙުކޮށްދެއްވުމުގެތެރެއިން
5 އަހަރުގެ ޕްލޭނާއި، 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާޙުކޮށްދެއްވުމުގެތެރެއިން

ސިޓީތަކާއި އިދަރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ 5 އަހަރުގެ ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން ވަޒީރު އާދަމް ޝަރީފު ޢުމަރު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މަސައްކަތު ޕްލޭން އިފްތިތާޙުކޮށްދެއްވީ ރޭ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި އެ ކަމަށް ޓަކައި ޚާއްޞަކޮށްގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ރޭ އިފްތިތާޙްކުރެވުނު 5 އަހަރު ދުވަހުގެ ޕްލޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކާއި އަދި ސަރުކާރުން ބޭނުންވާ ކަންތައްތައް ޙާޞިލްކުރުމަށް ޓަކައި، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައި ވެއެވެ. 

ޕްލޭން އިފްތިތާޙުކޮށްދެއްވާ، މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މި ވުޒާރާއަކީ މުޅި ރާއްޖެއަށް މިއަދު ވެސް ފެތުރިފައިވާ ވަރަށް ބޮޑު ވުޒާރާއެއް ކަމަށް ވިދާޅުވިއެވެ. އަދި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ މި ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ކައުންސިލަކީ ވެސް މިއަދު މި ވުޒާރާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ބައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

5 އަހަރުގެ ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕްލޭންގެ މައްޗަށް ބަލައިލާ ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ ހުށަހަޅައި ދެއްވިއެވެ. މި ރަސްމިއްޔާތުގައި ވުޒާރާގެ ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްދަޅު ކޭސް ނަގައިފިންތަ؟ މިއީ ފަހު ރޭ!ޚަބަރު | މަހެއް ކުރިންމާލެ ތޮއްޖެއްސުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން: އިނާޒްޚަބަރު | މަހެއް ކުރިންސިޓީތަކާބެހޭ ވުޒާރާއަށް ދެއަހަރު ފުރުން ހާއްސަ ހަރަކާތްތަކަކާއެކު ފާހަގަކޮށްފިޚަބަރު | 4 މަސް ކުރިންއެމްޑީޕީގެ ކޮރަޕްޝަންތައް ސަމާލުކަމަށް ގެނައުމުން އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ވެސް މިނިވަން މުއައްސަސާތަކުން ވެސް އަޅައެއްނުލި: އާދަމް ޝަރީފްޚަބަރު | 6 މަސް ކުރިން