logo
7 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިއްޖެBank of Maldives

Bank of Maldives

ދުނިޔެ

ހަ މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓެއް ފިލަޑެލްފިއާއަށް ވެއްޓިއްޖެ

އައިޝަތު ދިޔާނާ އަލީ ރިޔާޒް
1 ފެބްރުއަރީ 2025 - 05:45
 ފިލަޑެލްފިއާގައި ކުޑަ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން ފަސްޓް ރެސްޕޮންޑަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ : އޭޕީ
ފިލަޑެލްފިއާގައި ކުޑަ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން ފަސްޓް ރެސްޕޮންޑަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ : އޭޕީ

ބަލި ކުޑަ ކުއްޖަކާއި އިތުރު ފަސް މީހުންނާއެކު ދަތުރުކުރި މެޑިކަލް ޓްރާންސްޕޯޓް ޖެޓެއް އެމެރިކާގެ ފިލަޑެލްފިއާގެ އަވަށަކަށް ވެއްޓިއްޖެ އެވެ.

އެމެރިކާގެ ޖެޓް ރެސްކިއު އެއާ އެމްބިއުލާންސް އިން ހުކުރު ދުވަހު ބުނީ އެ ބޯޓުގައި ހަތަރު ފަޅުވެރިންނާއެކު ބަލި ކުޑަ ކުއްޖަކާއި އިތުރު ފަސިންޖަރަކު ތިބި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ސަލާމަތްވި އެއްވެސް ފަރާތެއް ކަށަވަރު ކޮށްދެވެން ނެތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ޙާދިސާއާ ގުޅިގެން އެ ސިޓީގެ މޭޔަރު ޗެރެލް ޕާކާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަރުވި މީހުންގެ މައުލޫމާތު އަދި ނޭނގޭ ކަމަށާއި ނަމަވެސް ބައެއް ގެތަކަށާއި ވެހިކަލްތަކަށް ގެއްލުންވެފައިވާ ކަމަށެވެ.

މި ބޯޓު ވެއްޓުނީ މައިގަނޑު ގޮތެއްގައި ބިޒްނަސް ޖެޓްތަކާއި ޗާޓަރު ފްލައިޓްތަކަށް ހިދުމަތް ދޭ ނޯތު އީސްޓް ފިލަޑެލްފިއާ އެއާޕޯޓާއި 4.8 ކިލޯމީޓަރު ދުރުންނެވެ.

ލިއާޖެޓް 55 ނަމަކަށް ކިޔާ މި މަތިންދާބޯޓު އެއާޕޯޓުން 6:06 ގައި ފުރައިގެން 1600 ފޫޓުގެ އުސްމިނަކަށް އެރުމަށްފަހު ވަރަށް އަވަހަށް ރާޑަރުން ގެއްލުނެވެ.

މި ބޯޓު ވެއްޓުނީ އެމެރިކާގެ މިހާތަނަށް ވައިގެ އެންމެ ނުރައްކާތެރި ކާރިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ 60 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިންނާއެކު ދަތުރުކުރި އެމެރިކަން އެއާލައިންސްގެ ޖެޓަކާއި ތިން ސިފައިން ގޮވައިގެން ދަތުރުކުރި އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވަނީ މިޑްއެއާގައި ޖެހި އެކްސިޑެންޓްވެފަ އެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ނޯބެލް ސުލްޙައިގެ އިނާމުގެ އިންތިޒާރުގައި، މަދަދުދެނީ ނަތަންޔާހޫދުނިޔެ | 6 ދުވަސް ކުރިން ބޯޓެއްގައި އައި މީހަކު އެމެރިކާގެ ރެސްޓޯރަންޓަކަށް ހަމަލާދީ 3 މީހުން މަރާލާ ގިނަ ބަޔަކު ޒަޚަމްކޮށްލައިފިދުނިޔެ | 17 ދުވަސް ކުރިންތުރުކީ-އެމެރިކާ ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށްފިދުނިޔެ | 20 ދުވަސް ކުރިންޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފިދުނިޔެ | މަހެއް ކުރިން