logo
Bank of Maldives

Bank of Maldives

ޚަބަރު

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
1 ފެބްރުއަރީ 2025 - 07:39
ހދ. ހިރިމަރަދޫ: އެރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: ޕީއެސްއެމް ނިއުސް
ހދ. ހިރިމަރަދޫ: އެރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: ޕީއެސްއެމް ނިއުސް

ހދ. ހިރިމަރަދޫ ރައްޔިތުން، ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު، ޙިނާ ވަލީދު އިއުލާންކުރައްވައިފިއެވެ.

ތަރުޖަމާނު ހީނާ މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެ ރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ހީނާ ދެއްވާފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިރިމަރަދޫ ރައްޔިތުން އެހެން ރަަށަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ، އެ ރަށުގެ ރައްޔިތުންގެ އެދުމަށް، އެ ރަށުގެ ކައުންސިލުން އެކަން ސަރުކާރުގައި އެދުމުންނެވެ. އެގޮތުން އެ ރަށުގެ ކައުންސިލުން އެންމެ ފުރަތަމަ އެދުނީ، އެ ރަށުގެ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުކޮށްދިނުމަށެވެ.

ސަރުކާރުން އެފަދައިން ނިންމާފައިވާއިރު، ހިރިމަރަދޫ ރައްޔިތުން އެހެން ރަަށަކަށް ބަދަލުކުރުމުގެ މަސައްކަތް އިދާރީ ދާއިރާތަކާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ސަރުކާރުން ހަވާލުކޮށްފައިވާކަން އެ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފު ޢުމަރު އިއްޔެ ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ވަޒީރު އިއްޔެ ވިދާޅުވި ގޮތުގައި، ރާއްޖޭގައި މި ވަގުތު ހުރި ރަށްރަށްގެ ތެރެއިން ހާއްސަ ގޮތެއްގައި ރައްޔިތުންގެ ވިސްނުމާއި ފިކުރަށްފަހު، އެހެންތަނަކަށް ހިޖުރަކުރުމާ ދޭތެރޭގައި ވިސްނުންހުރި ގޮތުގެ ސާވޭއެއް އެވުޒާރާއިން ކުރުމަށެވެ.

ހިރިމަރަދޫ އަކީ 590 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެހެން ނަމަވެސް އެ ރަށުގައި ދިރިއުޅެނީ އޭގެ ތެރެއިން ވަރަށް 300 އެއްހާ މީހުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ބައްދަލުވުންތަކަށް ކުރިން ސުވާލު ހުށަހަޅާކަށް ނުޖެހޭނެ: ހީނާޚަބަރު | 15 ދުވަސް ކުރިންއެންސްޕާގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުން، އަވަހަށް ޚިދުމަތް ލިބުމަށް މަގުފަހިވެގެންްދާނެ: ހީނާ ވަލީދު ޚަބަރު | 16 ދުވަސް ކުރިންނަފްސާނީ ގޮތުން ބަލިކޮށްލައި ބަދުނާމުކުރަން މަސައްކަތްކުރި، އެކަމަކު އަޒުމެއް ނުގުޑާނެ: ހީނާ ޚަބަރު | މަހެއް ކުރިން ހަނިމާދޫއަށް ބަދަލުވާތީ، ހިރިމަރަދޫ ރައްޔިތުންގެ ގޯތިތަކަށް ބަދަލު ނުގެނައުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފިޚަބަރު | 4 މަސް ކުރިން