އެމްޑީޕީން ފުނޑިއްޖެ ކަމަށް ޤަބޫލުކުރަނީ ރައްޔިތުންނަށް ހެޔޮއެދޭ ވެރިޔަކު ފެނުމުން: ފިކުރީ

މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފިކުރީ، މެންދުރު ޓީވީގެ މަޢުޟޫ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން

01 ފެބްރުއަރީ 2025 - 10:40
ފުނޑީއްޖެ ކަމަށް އެމްޑީޕީއަށް ގަބޫލުކުރެވެނީ ރައްޔިތުންނަށް ހެޔޮއެދިގެން ވެރިކަންކުރާ ވެރިޔަކު ފެނުމުން ކަމަށް މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ، އިބްރާހިމް ފިކުރީ ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މަޢުޟޫ ޕްރޮގްރާމުގައި، ފިކުރީ ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ވެރިޔަކު ހަރުދަނާ ސިޔާސަތެއް ކަނޑައަޅުއްވައިގެން ނުވަތަ ވަކި އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރައްވާ ނަމަ، އެކަންކަން ގޯސް ކުރުމަށް ބަޔަކު މަސައްކަތް ކުރާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ކިބައިން ފެނިގެން މިދަނީ ރާއްޖޭގައި ބޮއްސުންލާފައި ހުރި ކަންކަން ހަމަމަގަށް އެޅުމަށް ޓަކައި ކުރަމުންދާ މަސައްކަތްތައް ފެނި، އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އެކިއެކި ފައިދާވެ، ރައްޔިތުންގެ ޤަބޫލުކުރުންތައް ބަދަލުވެދާނެ ކަމަށް ކަންބޮޑުވުމުން ކުރާ ކަމެއް ކަމަށް ފިކުރީ ވިދާޅުއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ ހުރިހާ ކަމެއް އުސޫލުތަކާއި ނިޒާމުތަކުގެ ތެރެއިން ބައްޓަންވަމުން ދާތީ، ކުރީގައި އުސޫލުން "ބޭރުން" ކަންކުރަމުން އައި މީހުންގެ މުސްތަޤްބަލު ފުނޑި، ފުދިގެން ނުތިބެވޭ ހާލަތަށް އެމީހުންގެ ކަންތައްތައް ދާނެކަމަށް ވެސް ފިކުރީ ވިދާޅުވިއެވެ. މިގޮތުން، ބިދޭސީންގެ ކަންކަން ހަރުދާނާ ނިޒާމެއްގެ ތެރެއިން މޮނިޓާ ކުރެވި، ފުލުހުންގެ ޚިދުމަތްތައް ހަރުދަނާ ކަމާއި ރޭވުންތެރިކަމާއެކު ކުރިއަށް ގޮސް، "މެޑިކަލް މާފިއާ" އެއްގެ ގޮތުގައި އޮތް އާސަންދައިގެ ޚިދުމަތްވެސް ރައްޔިތުންނަށް ފައިދާވާ ހުރި، ބޭނުންތެރި ހޭދައަކަށް ހެދުމަށް ރައީސުލްޖުމްޙޫރިއްޔާ މަސައްކަތްޕުޅު ކުރައްވާ ކަމަށް ފިކުރީ ވިދާޅުވިއެވެ.
މި އުސޫލެއް ނެތް ބަޔަކު ދައްކަމުން ދިޔަ ނުވަތަ އެމީހުން ރައްޔިތުންގެ ބޮލަށް ސަވާރުވަމުން ދައްކަމުން ދިޔަ ޕްރޮޕެގެންޑާތަކުގެ ވާހަކަތައް ޤަބޫލުނުކޮށް، ރައްޔިތުންނަށް ޙަޤީގަތުގަ، ރައްޔިތުންނަށް ހެޔޮއެދިގެން ވެރިކަމެއްކުރާ ވެރިޔަކު ފެނިއްޖެ ކަމަށް ޤަބޫލުކުރެވޭ ހާލަތުގަ، މިދެއްނެވި މީހުންނަށް އަމިއްލައަށް ޤަބޫލުކުރެވޭނެ ތިމަންނާމެން ފުނޑިއްޖެ ކަމަށް. ޙަޤީގަތުގަ މިއަދު ވެގެން މިއުޅެނީ މިގޮތް،-މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ، އިބްރާހިމް ފިކުރީ
އެހެންކަމުން މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ދާއިރު، މީގެ ނާޖާއިޒް މަންފާ ހޯދަމުން ދިޔަ ފަރާތްތަކާއި، "އުސޫލެއް ނެތް" ބަޔަކު ރައްޔިތުންގެ ބޮލަށް ސަވާރުވަމުން ދައްކަމުން ދިޔަ ޕްރޮޕަގެންޑާ ވާހަކަތައް ޤަބޫލުނުކޮށް، ރައްޔިތުންނަށް ހެޔޮއެދިގެން ވެރިކަންކުރާ ވެރިޔަކު ފެނިއްޖެ ހާލަތުގައި، އެމީހުންނަށް ފުނޑިއްޖެ ކަމަށް އަމިއްލައަށް ޤަބޫލުކުރެވޭނެ ކަމަށް ފިކުރީ ވިދާޅުވިއެވެ.
ފިކުރީ އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރުގައި ރާއްޖެގައި ޕްރޮޖެކްޓްތައް ނުހިންގާކަމަށާއި، ޤައުމު ފުނޑިއްޖެ ކަމަށް އިދިކޮޅުން ބުނާ ސަބަބަކީ، މި ސަރުކާރު ލައްވައި ގޯސް ހެދުމަށް ކަމަށާއި، އިދިކޮޅުން އެދުނީ ސަރުކާރާއި ހަވާލުވީ ދުވަހުން ފެށިގެނ "ތަނެއްދޮރެއް" ނުބަލައި ބައިވަރު ޕްރޮޖެކްޓުތަކެއް ހިނގައިގެން ޤައުމު ބަނގުރޫޓުވާ ހިސާބަށް ގެންދިއުމަށް ކަމަށެވެ. އެހެންނަމަވެސް، ރައީސުލްޖުމްޙޫރިއްޔާ މަސައްކަތް ކުރެއްވީ އެއަށްވުރެ ވިސްނުންފުޅު ތޫނުކޮށް ކަމަށާއި، އެމަނިކުފާނު ކެއްތެރިކަމާއިއެކު މަސައްކަތް ކުރެއްވީ މިއަހަރަކީ އުންމީދި އަހަރަކަށް ހެދުމަށް ކަމަށްވެސް ފިކުރީ ފާހަގަކުރެއްވިއެވެ.
ފިކުރީ މިހެން ވިދާޅުވީއިރު، ރޭ 8:00 ގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން "ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި މާލޭގައި ވަނީ ހިނގާލުމެއް ބާއްވާފައެވެ.
މާލޭގެ އަރޓިފިޝަލް ބީޗުން ފެށި މިހިނގާލުމުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެ ޕާޓީގެ އިސްވެރިންނާއި އެޕާޓީއަށް ނިސްބަތްވާ ކުރިއާއި މިހާރުގެ މަޖިލިސް މެންބަރުންނާއި އެމްޑީޕީއަށް ތާޢީދުކުރާ ޢާންމު މެންބަރުން ވަނީ ބައިވެރިވެފައެވެ.
މި ހިނގާލުމަކީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީން ދުރާލާ ކެމްޕެއިންކޮށްގެން ބޭއްވި ހިނގާލުމެކެވެ.
އިތުރު ލިޔުންތައް

އެމްޑީޕީ އުޅެނީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ފިޔަވަޅުއަޅާފާނެތީ ބިރުން : އައިފާން
5 މަސް ކުރިން
ހިކުމަތްތެރިކަމާއެކު ނޫން ގޮތަކަށް މި ގައުމު ގެންގޮއްސިނަމަ އަލިފާންގަނޑަކަށް ގައުުމު ވެއްޓޭނެ:އައްސަދު
2 މަސް ކުރިން